132 މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވީ 56 މީހުންނެވެ. ޖުމްލަ 132 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
ރާއްޖެއިން އިއްޔެވެސް މި ބައްޔަށް ޕޮޒިޓިވްވީ 113 މީހުންނެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3074 އެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 22,276 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 25,436 އަށް އަރައިފައެވެ. މި ބައްޔަށް 3084 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 82 މީހުންނަށެވެ.
މި ބަލީގައި 67 މީހަކު ވަނީ ނިޔާވެފައެވެ