ނިކަމެތި މީހެއްގެ އެންމެ ދުޢާއަކީ ވެސް ތިބާ ނަރަކައިން ސަލާމަތްކުރައްވަވާ ސަބަބަބު ކަމުގަ ވެދާނެ! ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް އެހީތެރިވޭ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ނިކަމެތި މީހެއްގެ އެންމެ ދުޢާއަކީ ވެސް ތިބާ ނަރަކައިން ސަލާމަތްކުރައްވަވާ ސަބަބަބު ކަމުގަ ވެދާނެ! ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް އެހީތެރިވޭ!: މުފްތީ މެންކް

އެންމެ ޑޮލަރެއްގެ މިންވަރަކީ ތިބާއަށް އެއްވެސް އެއްޗަކަށް ނުވެދާނެއެވެ. ނަމަވެސް ޙާލުގައި ޖެހިފައިވާ މީހަކަށް ލިބޭ އެންމެ ޑޮލަރަކީ އޭނާގެ މުޅި ޙަޔާތަށް އުފާވެރިކަން ލިބޭނެ އެއްޗަކަށްވެދާނެއެވެ. އަދި ކީއްހެއްޔެވެ؟ އޭނާގެ ހެޔޮ ދުޢާއަކީ ތިބާގެ އާޚިރަތް ކާމިޔާބުކުރެވުމަށް މެދުވެރިވާ ސަބަބުކަމުގައިވެސް ވެދާނެއެވެ!

އެހެން އެކަން ނުވާންވީވެސް ކީއްވެގެން ހެއްޔެވެ؟ ޙަދީޘްފުޅުގައި އޮތީ "ކަދުރު އޮށެއްގެ ފަޅިވަރެއް ނަމަވެސް ޞަދަޤާތްކޮށްގެން ނަރަކައިން ސަލާމަތްވުމަށް މަސައްކަތްކުރުމަށެވެ."

ކުރިއަށް މިއޮތީ ބަރަކާތްތެރި ރަމަޟާން މަހެވެ. އެމަހެއްގައި ރަސޫލް ﷺ ދީލަތިކަން އެންމެ އިތުރުކުރެއްވެވި މައްސަރެވެ. ވީމާ އެމީހަކަށް ވެވުނު މިންވަރަކުން ދީލަތިކަން އިތުރުކުރާށެވެ! ޙާލުގައި ތިބި މީހުންނަސް އެހީތެރިވާށެވެ.

ރަމަޟާންމަހު ޞަދަޤާތްކުރުން އިތުރުކުރަން އެދޭމީހާ ރަމަޟާން މަސް އަންނަންދެން މަޑުނުކުރާށެވެ! މިހާރުންސުރެ އެކަމަށް މަސައްކަތްކުރަންފަށާށެވެ! ޞަދަޤާތްކުރަމުން ގެންދާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން