ލައިލަތުލްޤަދްރި ވިލޭރޭގެ ބަރަކާތާއި ޘަވާބު ޙާޞިލްކުރަން މަސައްކަތް ފަށަންވީ ފަހުދިހަ ފެށުމަކުން ނޫނެވެ! މިހާރުންސުރެ އެކަމަކަށް މަސައްކަތްފަށާށެވެ!
ފުރަތަމަ ކަމަކީ ރަމަޟާން މަހަށް ތައްޔާރުވުމެވެ. ދެވަނަ ކަމަކީ ރަމަޟާން މަސް ލައިގަތުމުން ކޮންމެ ރެއެއްގައިވެސް ވީހައި ގިނައިން އަޅުކަންކުރުމެވެ. 3 ވަނަ ކަމަކީ ފަހު ދިހަ ލައިގަތުމުން ކުރާ އަޅުކަން އިތުރުކުރުމެވެ.
ކޮންމެ ކަމެއްވެސް ﷲ ތަޢާލާ ހިންމަވައި ދެއްވަވާނީ އެކަމަކަށް އެދިގެން މަސައްކަތްކުރާ އަޅުންނަށެވެ! އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި ތަޤްވާވެރިކަން ކުރިއަށް ނެރެގެން މަސައްކަތްކުރާ އަޅުންނަށެވެ.
ލައިލަތުލްޤަދްރިވިލޭރޭ ލިބިގަތުމަށް ކުރިއާލައި މަސައްކަތްނުކުރުމަކީ އެރޭގެ ބަރަކާތާއި ޘަވާބު ނުލިބިދާނެކަމެކެވެ. ކަންނެތްވިކަމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ވީމާ ކަންނެތްކަން މިހާރުންސުރެ ފިލުވައިލާށެވެ! އަދި ރަމަޟާން މަހާއި ލައިލަތުލްޤަދްރިވިލޭރޭގެ ބަރަކާތާއި ޘަވާބު ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން