ރޭގެ ޢިޝާނަމާދަށް އެރުނު މާލޭގެ މިސްކިތެކެވެ. ފުރަތަމަ ސަފުގަ އިމާމާ ގެ ވައަތް ފަޅީގައި ތިބި މީހުންގެ ދޭތެރެ ކަނައަތް ފަޅިއަށް ބަލައިފިނަމަފުދޭވަރަކަށް ކައިރިއެވެ. ނަމަވެސް 6 އިންޗިވަރު ދެމެދުގައި ހުންނާނެއެވެ. ކުރީސަފުގެ ކަނައަތް ފަޅީގައި ދެމީހުން ދޭތެރޭގަ ދޮޅު ފޫޓަށްވުރެ ފުޅައު ސަރަހައްދު ހުރިކަން ފާހަކުރެވުނެވެ.
ދެވަނަ ސަފުގެ ކަންކަން ތަންކޮޅެއް ރަނގަޅެވެ. ދެމީހުން ދެމެދުގައި ހުރީ 4 އިންޗިވަރެވެ. 3 ވަނަ ސަފުގައި ޖެހިޖެހިގެން ތިއްބެވެ.
އަޅުގަނޑު ހުރީ ދެވަނަ ސަފުގެ މެދުގައެވެ. އަޅުގަނޑަކީ ކާކުކަން އެނގުމުން ނަމަވެސް އަޅުގަނޑުގެ ދެފަރާތުގައި ތިބެ ދެމީހުން އަޅުގަނޑުގެ ދެފައިގައި ފައިޖެއްސިއެވެ. އެގޮތުގައި ތިބެ ނަމާދުކޮށް ނިންމައިލިއެވެ.
މިސްކިތުގެ އަހުލުވެރިންނާއި ވާހަކަދައްކައިލުމުން މިމިސްކިތުގެ ކުރީސަފުގެ ކަންކަން އެހާލަތަށް ގޮސްފައިވަނީ އިސްލާމިކް މިނިސްޓްރީން މުސައްލަ ގެންދަން ގޮވާ ޢިބާރާތުންކަން ފާހަގަކުރެވުނެވެ. އެއީ ވަރަށް ހިކި މީހުން ވެސް އެންމެ ފުޅައު މުސައްލަ ހިފައިގެން ގޮސް ތިބުމުންނެވެ. އިސްލާމިކް މިނިސްޓްރީން ކޮންމެ ނަމާދަކަށް ބަންގިދޭ އުޞޫލުން ގޮވާ ގޮވެލީގައި ގޮވަނީ މުސައްލައެއް ގެންދިއުމަށެވެ. ހަމައެއާއިއެކު އެގޮވާ ގޮވެލިފަތީގެ ބިރުވެރިކަން ބޮޑުކަމުން ބައެއް މީހުންނަށް އެމީހުންނަށް ލިބޭ އެންމެ ބޮޑު މުސައްލަ ގެންދަނީއެވެ.
ސުވާލަކީ ނަމާދުގައި މީހެއްގެ ޖާގައަކީ ގެންދާ މުސައްލައިގެ ޖާގަތޯއެވެ؟ ނޫންނަމަ މީހާގެ ޖާގަތޯއެވެ؟ މިކަމަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ގޮތް ނިންމަވާނެކަމާއިމެދު ޝައްކުކުރުމެއް ނެތެވެ. އެޗްޕީއޭއަކަސް އިސްލާމިކް މިނިސްޓްރީއަކަސް އެދުވަހު ޖެހޭނީ ހަމަ ޖަވާބުދާރީވާށެވެ!
މިސްކިތުގެ އަހުލުވެރިންގެ ތެރެއިން މީހަކު ބުނެލިއެވެ. "މިއީ ވަރަށް ގިނަ ސައިޒުތަކުގެ ކޮރޯނާ އުޅޭ މިސްކިތެކެވެ. އެހެންވެ ބޮޑެތި ބިޔަސައިޒުގެ ކޮރޯނާ އުޅޭ ސަރަހައްދުގައި ދެމީހަކު ކައިރިވެލާއިރަށް ދެމެދަށް ކޮރޯނާ ވަދެގަނެ ފައި ކައިރިކުރިއަ ނުދެނީއެވެ. ކަލޭގެ ދެފަރާތުގަ ތިބި ދެމީހުންނަށް ކަލޭގެ ފައިގައި އެ ފައި ޖެއްސުނީ ކޮރޯނާ ކަލެއާއި ނުވުމުންނެވެ. ކޮންމެވެސް ގޮތަކުން މިސްކިތުގައި އުޅޭ ކޮރޯނާތަކަށް ކަލޭ އެނގޭތީ ކައިރިނުވީއެވެ."
މިއީ މަންޒަރު ފެނު މީހާގެ ވިސްނުމެވެ. ޖަވާބުގައި އަޅުގަނޑު ބުނީމެވެ! "އަޅުގަނޑުވެސް އަދި ކޮންމެ މީހަކަށްވެސް ކޮންމެ ބައްޔެއްވެސް ޖެހިދާނެއެވެ. މިސްކިތްތަށް ހުޅުވީންސުރެ ނަމާދު މިކުރަނީ ގައިކައިރިކޮށްވެ. 95 އިންސައްތަ ނަމާދުކުރެވިފައި ހުންނާނީ ފައި ޖައްސައި ފިއްތައިގެންނެވެ. އަޅުގަނޑަކަށްވެސް އަޅުގަނޑާއެކު މިސްކިތތަކުގައި ޖަމާދުކުރާ އެކުވެރިއަކަށްވެސް އެރޯނާ ޖެހުނުކަން އެނގިފައެއް ނެތެވެ."
މިއީ މިސްކިތުގައި ރޭގެ ޢިޝާ ނަމާދުގައި ކަންތައްތައް ފެނުނު ގޮތެވެ. އިއްޔެ މެންދުރު ޢަޞްރު ނަމާދުކުރެވުނީ އިން ޝާ ﷲ ކޮރޯނާ ހަމައެއްގޮތަތަކަށް ވެސް ނާރާ މިސްކިތެއްގައެވެ. އެ މިސްކިތުގެ ކުރީސަފުގައި ހުރި އެކަކު ހުރީ މުސައްލައެއްގައެވެ. އިމާމް ސަފަށް ގޮވާލިތަނުން އޭނާ ކުރިކަމަކީ މުސައްލައިގެ އެއްފަޅިއަށް ޖެހިލާފައި އަނެއްފަޅި ޖެހިގެންހުރި މީހާއަށް ދިނީއެވެ.
އެހެންކަމުން އެއް މުސައްލަ އެވަނީ އެދެމީހުންނަށް ހިއްޞާކުރެވިފައެވެ. އެދެމީހުންކުރެ މީހަކު ޕޮޒިޓިވްވޭތޯ މިސްކިތުގެ އަހުލުވެރިންގެ ބައަކު ގެންދަނީ ވަރަށް ގާތުން ބަލަމުންނެވެ.