ސަތޭކަ ފަސްދޮޅަސް ނުވަމީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ސަތޭކަ ފަސްދޮޅަސް ނުވަމީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ!

ސަތޭކަ ފަސްދޮޅަސް ނުވަމީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވީ 67 މީހުންނެވެ. ޖުމްލަ 169 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 

ރާއްޖެއިން އިއްޔެވެސް މި ބައްޔަށް ޕޮޒިޓިވްވީ 300 މީހުންނެވެ.

މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3044 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 21,368 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 24,548 އަށް އަރައިފައެވެ. މި ބައްޔަށް 3104 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 89 މީހުންނަށެވެ.

މި ބަލީގައި 67 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން