މަޖިލީހުގަ ކީރިތި ޤުރްއާނުގެ ޙުރުމަތް ކަނޑައި ވާހަކަ ދެއްކުމުން ޑރ. ޝަހީމް ކަންބޮޑުވުން ފައުޅުކުރައްވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
މަޖިލީހުގަ ކީރިތި ޤުރްއާނުގެ ޙުރުމަތް ކަނޑައި ވާހަކަ ދެއްކުމުން ޑރ. ޝަހީމް ކަންބޮޑުވުން ފައުޅުކުރައްވައިފި!

"ކީރިތި ޤުރްއާނަކީ ﷲ ގެ މަތިވެރި ކަލާމްފުޅެވެ. އެންމެހާ ބޭފުޅުންވެސް، ހުރިހާ ޙާލަތެއްގައިވެސް ޤުރްއާނުގެ މުޤައްދަސްކަން ދަމަހައްޓަވަންވާނެ." ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

އަބަދުވެސް ކީރިތި ޤުރްއާނުގެ ޙިމާޔަތުގައި ބަސްފުޅު ވިދާލުވަމުން ގެންދަވާ އަލްހާފިޡް ޑރ. ޝަހީމް ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކާށިދޫ ދާއިރާތަމްސީލުކުރާ މެންބަރު ކީރީތި ޤުރުއާނަށް ނިސްބަތްކޮށް ބޮޑުވެގެންވާ ދޮގުހަދައި ވަރަށް ހަޑި ޢިބާރާތުން ވާހަކަދައްކާފައިވަނިކޮށެވެ.

އެންމެ ބޮޑު ހިތާމައަކީ ކީރިތި ޤުރްއާނުގެ އާޔަތް ކިޔައި މާނަކިޔުމުން އެކަމަށް ހުރަސްއަޅުއްވަމުން ގެންދަވާ މަޖިލީހުގެ ރައީސް މިކަމަށް ބަހެއް ވިދާޅުނުވުމުންނެވެ. އެކަން ނުހުއްތުވުމުންނެވެ. 

ﷲ ތަޢާލާގެ ދީނުގައި އޮތް ގޮތަށް ކަންކަން ހާމަކުރުމުން އދ އާއި ޙަވާލާދީ މީޑިއާތަކަށް މަޖިލީހުގެ ބައެއް ކޮމިޓީތަކުން ދަތިތައް ކުރިމަތިކުރުވާއިރު މިފަދަ ނުބައިކަންބޮޑު ވާހަކަ މަޖިލީހުގައި ދެއްކުމުން ކަންބޮޑުވާ ކޮމިޓީއެއް އޮތްކަން އެނގިފައެއް ނުވެއެވެ.

މިއަދު އޮންލައިން