މަސްޖިދުއްޛިކްރާ ހުރި ބިމުގައި ވަގުތީ މިސްކިތެއް ޢިމާރާތްކުރާނެ ބައަކު ހޯދަން އިޢުލާނުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
މަސްޖިދުއްޛިކްރާ ހުރި ބިމުގައި ވަގުތީ މިސްކިތެއް ޢިމާރާތްކުރާނެ ބައަކު ހޯދަން އިޢުލާނުކޮށްފި

މަސްޖިދުއްޛިކްރާ ހުރި ބިމުގައި ވަގުތީ މިސްކިތެއް ޢިމާރާތްކުރާނެ ބައަކު ހޯދަން ސަރުކާރުގެ ގެޒެޓުގައި އިޢުލާނުކޮށްފިއެވެ.

އޯޑިއޯން ހުރި ބިމުގައި ވަގުތީ މިސްކިތެއް އަޅަން ބޭނުންވުމުން ކުރު މުއްދަތެއްގައި އެކަން ކޮށްދިނީ އެމްއެންޑީއެފުންކަން ފާހަގަކުރެވެއެވެ. އަދި ރަމަޟާން މަހަށް އެބިމުގައި ވަގުތީ މިސްކިތެއް އަޅައިދޭން ބައަކު ވަނީ އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅައިފައެވެ.

ގެޒެޓް:

މަސްޖިދުއްޛިކްރާ ހުރި ބިމުގައި ވަގުތީ މިސްކިތެއް ޢިމާރާތްކުރުން

މަޖީދީމަގު މަސްޖިދުއްޛިކްރާ ހުރި ބިމުގައި ވަގުތީ މިސްކިތެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ބޭފުޅުންނަށް މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 01 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑްގައި ރަޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

- ކުންފުނީގެ ނަން

- ގުޅޭނެ ފޯނު ނަންބަރު

- އީމެއިލް އެޑްރެސް

- މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 އެޕްރީލް 2021 ވާ އަންގާރަ ދުވަހުގެ 13:30 ގައި މިނިސްޓްރީގެ މީޓިންގ ރޫމް 01 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 04 އެޕްރީލް 2021 ވާ އާދީއްތަ ދުވަހުގެ 10:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020284، 3020276، 3020239 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

16 ޝަޢްބާން 1442

30 މާރިޗު 2021

މިއަދު އޮންލައިން