ލޯބިން އެކުގަ އުޅޭ ދެމަފިރިއަކު ދުރުކުރުވަން ކުރެވޭ ކިތަންމެ ކުޑަ ޢަމަލަކީވެސް ކުރެވޭ އެންމެ ބޮޑު ފާފައެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ލޯބިން އެކުގަ އުޅޭ ދެމަފިރިއަކު ދުރުކުރުވަން ކުރެވޭ ކިތަންމެ ކުޑަ ޢަމަލަކީވެސް ކުރެވޭ އެންމެ ބޮޑު ފާފައެކެވެ!

މީހަކަށް ކުރެވޭނެ އެންމެ ނުބައިކަންބޮޑު އެއް ޢަމަލަކީ ލޯބިން އެކުގައި އުޅޭ ދެމަފިރިއަކު ދުރުކުރަން ކުރެވޭ ކަންކަމެވެ. ދެމަފިރިންގެ މެދުގައި ފިތުނަ އުފެއްދުމެވެ. ރީތި މީހުން ދައްކައި ހިލޭ މީހުންނާ ޖާމިނުކުރުވަން ކުރެވޭ ކަންކަމެވެ. ކޮފީއަކުން ސަޔަކުން އަދި ކެއުމަކުންވެސް މެއެވެ. 

ދެމަފިރިއެއްގެ މެދަށް ހުރަސް އެޅި ގުޅުން ހީނަރުވެދާނެ ކިތަންމެ ކުޑަޢަމަލެއް ކުރުމަކީވެސް ބޮޑު ފާފައެކެވެ. މީގެ ތެރޭގައި ފިރިންނަށް އަދި އަނބިންނަށް ހިލޭ މީހުން ތަޢާރަފްކޮށްދިނުންވެސް ހިމެނެއެވެ. 

ކިތަންމެ ލޯބިން އެކުގައި އުޅޭ ދެމަފިރިންގެ މެދުގައިވެސް މައްސަލައެއް ޖެހިދާނެއެވެ. އެފަދަ ވަގުތަކު އެކުވެރިންނަށް އެކަން އެނގުމުން ހިތްހަމަޖެހުން ހޯދައިދިނުމުގެ ނަމުގައި ގެއިން ބޭރަށް ގެންގޮސްގެން އަދި އެހެން ގޮތަކުން ވެސް ދެމަފިރިންގެ ގުޅުމަށް ހުރަސް އެޅިދާނެ ކިތަންމެ ކުޑަ ޢަމަލެއް ކުރުމަކީވެސް ހަމަ ބޮޑުފާފައެކެވެ. 

ވީމާ މިކަންކަމަށް ބިރުވެތިވާށެވެ! ތިމާގެ ދިރިއުޅުން ނުބައި ޙާލަތެއްގައިވުމަކީ އެހެން މީހުންގެ ދިރިއުޅުން ހަލާކުކުރަން ކަތުރުފަންޏަކަށް ވާންޖެހޭ ސަބަބަކަށް ނުހަދާށެވެ! އެކަމުގެ ސަބަބުން ތިމާއަށް ކުރިމަތިވެދާނެ ހިތްދަތިކަމުގެ ބޮޑުކަމަށް ވިސްނައި ބިރުވެތިވުމަކީ ތިމާގެ ދިރިއުޅުން އުފާވެރިވެ ބާއްޖަވެރިވެދާނެ ސަބަބެކެވެ. އިން ޝާ ﷲ 

ﷲ ތަޢާލާ އަންގަވާފައިވަނީ މީސްތަކުންނަށް އެހީތެރިވުމަށެވެ. ދިރިއުޅުމަށް އުފާވެރިކަް ހޯދައިދޭން މަސައްކަތް ކުރުމަށެވެ. ދެމަފިރިންގެ މެދުގައި ފިތުނަ އުފައްދައި ދުރުކުރަން ކުރާ މަސައްކަތަށް ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ. އެފަދަ ކަންކަމުން ލިބިގެންދާނީ ރުހިވޮޑިނުގަތުންކަން ޤުރްއާނުންނާއި ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ! ބިރުވެތިވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން