"ރަމަޟާން މަހަށް އެޅޭނެ ކަމެއް ނޭނގެ. އިސްލާމިކް މިނިސްޓްރީން އެބަ މަސައްކަތްކުރަން ޛިކުރާ މިސްކިތް ހުރިތަނުގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށަން!"
މިއީ އެތަނުގައި ރަމަޟާން މަހަށް ވަގުތީ މިސްކިތެއް އަޅަން މަސައްކަތްކުރި މުސްލިމް އަޚުންނަށް އިސްލާމިކް މިނިސްޓަރު މިއަދު ދެއްވި ޖަވާބެވެ.
މިޖަވާބާއި ގުޅިގެން އެ އަޚުންނަށް އެބިމުގައި ރަމަޟާންމަހަށް ވަގުތީ މިސްކިތެއް އެޅުމުގެ ފުރުޞަތު ގެއްލުނީއެވެ. އަދި އިސްލާމިކް މިނިސްޓްރީން އަޅާ މިސްކިތްވެސް ރަމަޟާން މަހަށް އަޅާނެ ކަމުގެ އުންމީދު ގެއްލިގެން ދިއައީއެވެ.
ރަމަޟާން މަހު ސަލްމާން ރަސްގެފާނު މިސްކިތް ވަގުތީ ގޮތުން ހުޅުވަން މަސައްކަތްކުރާ ކަމުގެ ވާހަކަތަކެއް ދެކެވެމުންދާއިރު ނަމާދުވަގުތުތަކަށް މާލޭގެ އެކި ސަރަހައްދުތަކުން މީހުން ބަހުގައި އުފުލައިދޭނެ ނިޒާމެއް ރާވާނެ ކަމަށް ގިނަބައަކު އުންމީދުކުރެއެވެ. އެއިރުން ޛިކުރާ މިސްކިތް ހުރި ސަރަހައްދުގެ މީހުންނަށްވެސް އެއާކޯން ކުރި ބަހުގައި ސަލްމާން ރަސްގެފާނު މިސްކިތަށް ގޮސް ނަމާދުކޮށްލެވޭނެ ކަމަށް ބެލެވެއެވެ.