އުތުރުގެ އަތޮޅުތަކަށް ޚާއްޞަކޮށްގެން މޯލްޑިވްސް ރިސާރޗްގެ ހެލްތު ފޯރަމް މާދަމާ ބާއްވަނީ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
އުތުރުގެ އަތޮޅުތަކަށް ޚާއްޞަކޮށްގެން މޯލްޑިވްސް ރިސާރޗްގެ ހެލްތު ފޯރަމް މާދަމާ ބާއްވަނީ-

މޯލްޑިވްސް ރިސާރޗުން ބާއްވާ ހެލްތު ފޯރަމެއް (މޯލްޑިވްސް ރިސާރޗްގެ ހެލްތު ފޯރަމް: ދިވެހިރާއްޖޭގެ ޞިއްޙަތު ކުރިއެރުވުން: ޞިއްޙީ ދާއިރާއާ ގުޅޭ ގޮތުން ޒިންމާވާ ފަރާތްތައް ދެކޭގޮތް – އުތުރުގެ އަތޮޅުތައް (2020) މާދަމާ (14 ނޮވެމްބަރ 2020 ހޮނިހިރު ދުވަހުގެ) ހެނދުނު 8.30 ން މެންދުރު ފަހު 5.30 އަށް) ދުވަހު ބާއްވަން ހަމަޖެހިއްޖެއެވެ. 

ފޯރަމް އިންތިޒާމްކުރާ މޯލްޑިވްސް ރިސާޗުން ބުނެފައިވަނީ މި ފޯރަމްގެ ބޭނުމަކީ ރާއްޖޭގެ ޞިއްޙީ ނިޒާމާއި ބެހޭގޮތުން އެނިޒާމު ބޭނުން ކުރައްވާ އުތުރުގެ އަތޮޅުތަކުގެ އެކިއެކި ފަރާތްތަކުގެ ޚިޔާލު ހޯދުން ކަމަށެވެ.

މިފޯރަމުގައި ޞިއްޙީ ނިޒާމުގެ ފުންނާބު އުސް ފަރާތްތަކާއި، ޚިދުމަތް ދެއްވާ ބޭފުޅުންނާއި އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޚިޔާލާއި ކަންބޮޑުވުންތައް ދެނެގަނެވޭނެއެވެ. މިފޯރަމް ކުރިއަށް ގެންދެވޭނީ މޯލްޑިވްސް ރިސާރޗުން އިންތިޒާމު ކޮށްގެން އަދި ވިލާކޮލެޖާއި އޭޑީކޭ ގެ ފުރިހަމަ އެއްބާލުމާއެކު އެވެ. އަދި މިފޯރަމްގެ ޑިޖިޓަލް ޚިދުމަތުގެ ބައިވެރިންނަކީ ދިވެހި ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ދެ ކުންފުނި ކަމުގައިވާ އުރީދޫ އާއި ދިރާގު އެވެ.   

މި ފޯރަމް ކުރިއަށް ގެންދާނީ ޒޫމް ކޮންފެރެންސިން ބޭނުން ކޮށްގެން ފޯރަމްގެ ބައިވެރިންނާ، ހިލޭ ސާބަހަށް މަސައްކަތް ކޮށްދެއްވާ ބޭފުޅުންނާއި މި ފޯރަމް އިންތިޒާމު ކުރާ ފަރާތް ތައް ޒޫމް މެދުވެރިކޮށް ގުޅައިލައިގެންނެވެ.  އުތުރުގެ އަތޮޅުތަކާއި، މާލެ އާއި، އިނގިރޭސިވިލާތާއި، އަދި ތައިލޭންޑުގާ ތިއްބެވި ބައިވެރިންނާ ޒޫމް މެދުވެރިކޮށް ގުޅާލެވޭނެއެވެ. މިފޯރަމުގައި ސިއްޙީ ނިޒާމުގެ ސިއާސަތު ކަނޑައެޅުމުގެ މާހިރެއް ކަމުގައިވާ ޑރ. ޢަބްދުއް ސައްތާރު ޔޫސުފާއި މިހާރު ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ޑރ. އަލީ ނިޔާފު ކީނޯޓު ސްޕީކަރުންގެ ހައިޞިއްޔަތުން މި ފޯރަމުގެ ބައިވެރިންނާ މުޙާތަބު ކުރައްވާނެއެވެ.   

މިފޯރަމުގައި މަޝްވަރާ ކުރާ މައިގަނޑު މަޢުޞޫއުތަކަކީ: 

1. ޞިއްހީ ޚިދުމަތުގެ ނިޒާމާއި، ދެވޭ ޚިދުމަތާއި މުވައްޒަފުންގެ އިތުބާރު

2.  އިންސާނީ ވަޞީލަތްތައް 

3. ޤާނޫނުތައް       

4. ޤައުމީ ޞިއްޙީ ޚިދުމަތްތަކުގެ އިންޝުއަރެންސް ސްކީމްތަކާއި އޭގެ އަގުތައް 

5. ސިއްޙީ ޚިދުމަތްލިބެންހުރި ހަމަހަމަ ކަމާ، އިންސާފުވެރިކަން އަދި ވަކިފަރާތަކަށް ނުޖެހުން 

މިމަޝްވަރާތަކުގެ އަލީގައި މޯލްޑިވްސްރިސާރޗުން ރިޕޯރޓެއް ޝާއިޢުކުރަންވަނީ ހަމަޖެހިފައެވެ. އަދި މިރިޕޯރޓުގައި ސިއްޙީ ނިޒާމު ރަގަނޅު ކުރުމަށް ބޭނުންވާ ސިޔާސަތު ކަނޑައެޅުމަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅާނެއެވެ.

މިއަދު އޮންލައިން