މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ހަތާސީސް މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ހަތާސީސް މީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 ވައިރަހަށް 27 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 27 މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 10 ބިދޭސީންނެވެ.

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 26 މީހުންނެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 11244 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ  12,112 އަށް އަރައިފައެވެ. މި ބައްޔަށް 820 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 52 މީހަކަށެވެ.

މި ބަލީގައި 41 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން