ވުޟޫކޮށް ދުޢާކިޔުމުން އޭނާއަށްޓަކައި ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުވޭނެ! އޭނާ ބޭނުން ދޮރުކޮޅަކުން ސުވަރުގެއަށް ވަންނަންވީ!- ޙަދީޘް

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 27ސ
ވުޟޫކޮށް ދުޢާކިޔުމުން އޭނާއަށްޓަކައި ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުވޭނެ! އޭނާ ބޭނުން ދޮރުކޮޅަކުން ސުވަރުގެއަށް ވަންނަންވީ!- ޙަދީޘް

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَا مِنْكُمْ مِنْ أَحَدٍ يَتَوَضَّأُ فَيُبْلِغُ – أَوْ فَيُسْبِغُ – الْوُضُوءَ ثُمَّ يَقُولُ: أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَأَنَّ مُحَمَّدًا عَبْدُ اللهِ وَرَسُولُهُ إِلَّا فُتِحَتْ لَهُ أَبْوَابُ الْجَنَّةِ الثَّمَانِيَةُ يَدْخُلُ مِنْ أَيِّهَا شَاءَ» [رواه مسلم]

 މާނައީ: "ތިޔަބައިމީހުންކުރެ މީހަކު ވުޟޫކުރާހިނދު، އެކަންކުރަންވީ އެންމެ ފުރިހަމަ ގޮތުގައި ވުޟޫކުރުމަށްފަހު، ދެން މިފަދައިން ކިޔައިފިމީހާ ދަންނައެވެ.

أَشْهَدُ أَنْ لَا إِلٰهَ إِلَّا اللهُ وَأَنَّ مُحَمَّدًا عَبْدُ اللهِ وَرَسُولُهُ

މާނައީ: "ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އިލާހަކުނުވާކަމަށް އަޅުހެކިވަމެވެ. އަދި މުޙައްމަދުގެފާނީ ﷲ ގެ އަޅާކަމަށާއި، އެއިލާހުގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ".

ފަހެ، އޭނާއަށްޓަކައި ސުވަރުގޭގެ އަށް ދޮރުކޮޅު ހުޅުވޭ ހުށްޓެވެ. އޭގެ ތެރެއިން އޭނާ ބޭނުން ދޮރުކޮޅަކުން ސުވަރުގެއަށް ވަންނަ ހުށްޓެވެ." [ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]

މިއަދު އޮންލައިން