މިއަދު މަރުވި ބިދޭސީ މީހާ މަރަކީ ކޮވިޑް މަރެއްކަމަށް ކަނޑައަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
މިއަދު މަރުވި ބިދޭސީ މީހާ މަރަކީ ކޮވިޑް މަރެއްކަމަށް ކަނޑައަޅައިފި

މިއަދު ހުޅުމާލޭގައި މަރުވި ބިދޭސީ މީހާގެ މަރަކީ ކޮވިޑް ވަރެއްކަމަށް ކަނޑައަޅައިފިއެވެ.

މަރުވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 43 އަހަރުގެ ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށްޕޮޒިޓިވްވެފައިވާ ކަމަށް ކަނޑައަޅާފައިވާއިވަނީ މިހާރު އޮންނަ އުސޫލުގެ ދަށުން މަރުވާ މީހުން ކޮވިޑަށް ޓެސްޓް ކުރާތީއެވެ.

މިމަރާއެކު މިބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 40 އަރައިފައެވެ.

މިއަދާއި ހަމައަށް މިބައްދޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ  11,986 އަށް އަރައިފައެވެ. މި ބައްޔަށް 847 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 60 މީހަކަށެވެ. މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 11092 އަށް އަރައިފައެވެ. 

 

 

މިއަދު އޮންލައިން