އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑެން އަށް ރައީސް ޞާލިޙް މަރުހަބާ ވިދާޅުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑެން އަށް ރައީސް ޞާލިޙް މަރުހަބާ ވިދާޅުވެއްޖެ

އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑެން އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުހަބާ ވިދާޅުވެއްޖެއެވެ.

މެރިކާގެ 46 ވަނަ ރައީސްކަމަށް ޑިމޮކްރެޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އިންތިހާބުވުމާއި ގުޅިގެން ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޯ ބައިޑެންއަށް މަރުހަބާ ދަންނަވާ ކަމަށާއި ބައިޑަންގެ ރައީސްކަމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ހާއްސަކޮށް މޫސުމަށް އަންނަ ބަދަލާއި މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހާލަތުގައި ބައިނަލް އަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ ކުރިން ރައިސް އޮބާމާގެ ނައިބުކަން ކުރެއްވި ބައިޑަން އެމެރިކާގެ ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ވާދަ ކުރައްވައިގެންނެވެ.

މި އިންތިޚާބުގައި 290 އިލެކްޓޯރަލް ކޮލެޖް ވޯޓަށް ހޯއްދަވާފައި ވާއިރު ރައީސް ޓްރަމްޕަށް ލިބިވަޑައިގެންނެވީ214 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.

މިއަދު އޮންލައިން