ކޮވިޑް ޖެހިގެން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ނިޔާވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ކޮވިޑް ޖެހިގެން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ނިޔާވެއްޖެ!

ކޮވިޑް 19 ޖެހިގެން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 88 އަހަރުގެ ދިވެއްސަކު މަރުވެފައިވާ ކަމަށެވެ.

މިއީ މިބަލީގައި ރާއްޖެއިން މަރުވި 39 ވަނަ މީހާއެވެ. މިބަލީގައި ފުރަަަތަމަ މީހަކު ނިޔާވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. 

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 11010 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ  11,893 އަށް އަރައިފައެވެ. މި ބައްޔަށް 838 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 56 މީހަކަށެވެ.

މިއަދު އޮންލައިން