ކޮވިޑުން ސަލާމަތްވުމަށް ބައެއް ޢާންމުންނާ ބެލެނެނިވެރިން ޚާއްޞަކޮށް ހުޅުމާލޭ ބެލެނިވެރިން ކުރާ މަސައްކަތަށް ތަޢްރީފް ޙައްޤު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ކޮވިޑުން ސަލާމަތްވުމަށް ބައެއް ޢާންމުންނާ ބެލެނެނިވެރިން ޚާއްޞަކޮށް ހުޅުމާލޭ ބެލެނިވެރިން ކުރާ މަސައްކަތަށް ތަޢްރީފް ޙައްޤު!

ކޮވިޑް އައުމާއިއެކު ފުރަތަމަކަމަކަށްވެސް މިސްކިތްތައް ފަޅުކޮށްލެވުނެވެ. މިސްކިތްތަކުގެ ޙުރުމަތް ކަޑާލަން ފުރުޞަތު ދިނެވެ. މިސްކިތްތައް އަލުން ހުޅުވީ އެތަންތަނަކީ ބޮޑު ބިރެެއްކަމުގައި ދައްކަމުންނެވެ. އަދި މިއަދާއި ހަމައަށް ވެސް އެ ބިރު ދެއްކުން ހަމަ އެގޮތަށް ކުރިއަށް އެބަ ގެންދެއެވެ. 

ދަރިން ގޮވައިގެން މިސްކިތަށް ދިއުންވެސް ވެފައި މިއޮތީ އިންތިހާއަށް ބިރުހުރިކަމަކަށެވެ. އެހެންވެ ކުރިން ދަރިން މިސްކިތަށް ގެންދިއަ ގިނަ ބައަކު އަދިވެސް ތިބީ އބިރުވެރިކަމުގެތެޭގައެވެ. ނަތީޖާއަކީ މިސްކިތުން ފެންނަ ކުޑަކުދިން މަދުކަމެވެ. 

ނަމަވެސް މިހާރު ބެލެނިވެރިންނަށް ކަންކަން ވިސްނި ދަރިން މިސްކިތަށް އެބަގެންދެއެވެ. މާލޭގެ މިސްކިތްތަކުން ފެންނަ ކުޑަކުދިން މަދު ނަމަވެސް ހުޅުމާލޭގެ ބައެއް މިސްކިތްތަކަށް ގިނަ އަދަދެއްގެ ބެލެނިވެރިން އެމީހުންގެ ދަރިން ގެންދާކަން ފާހަގަކުރެވެއެވެ. އެބެލެނިވެރިން އެކުރާ މަސައްކަތަށް ތައްރީފް ޙައްޤެވެ. ހަމަ އައްސރިބަހާއި ސާބަހެވެ. 

ބިރުގަންނަންވީ ކޮރޯނާއަކަށް ނޫނެވެ. ކޮރޯނާ ފޮނުއްވެވި ފަރާތަށެވެ! ﷲ ތަޢާލާއަށެވެ. ކޮރޯނާއަކަށް އެއްވެސް މީހަކަށް ބައްޔެއް ނުވެސް ޖެއްސޭނެއެވެ. އެކަން އެނގެނީ ޕޮޒިޓިްވިކަން އެނގުނު މީހުންނަށްވުރެ ޕޮޒިޓިވްވެ ޕޮޒިޓިވްވިކަން ނުވެސް އެނގި ބަލިން ސަލާމަތްވި މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވުމެވެ. އަދި ޕޮޒިޓިވްވިކަން އެނގުނު މީހުންގެ ތެރެއިން ގިނަ ބައަކު ބަލިން ރަނގަޅުވީ އެންމެ ބޭސްގުޅައަކާއިވެސް ނުލައި ކަމަށްވާތީއެވެ. 

ކޮވިޑްޖެހިގެން ކަރަންޓީނު ކުރެވުނު 15 އަހަރުގެ ކުއްޖެއްގެ ގާތު ސުވާލުކޮށްލުމުން ބުންޏެވެ. "އެންމެ ބޭސްގުޅައެއްވެސް ނުދެއެވެ. އެތަނުގައި ބޭސްދެނީ ޙާލުބޮޑުވުމުންނެވެ. އަޅުގަނޑުގެ ޙާލު ބޮޑުނުވާތީ ބޭސްނުދިނީކަމަށް ނަރުހުން ބުންޏެވެ." މިއީ ހަމަ ވަރަށް ގިނަބައެއްގެ ކިބައިން ލިބިފައިވާ ޖަވާބެކެވެ. އެނގި ޔަޤީންވެގެން މިދަނީ އެއްވެސް މީހަކު ބަލިކުރަން، ޙާލުބޮޑުކުރަން ކޮރޯނާއަށް ކުރެވޭ ހަމަ އެއްވެސް ކަމެއް ނެތްކަމެވެ! ހުރިހާ ބާރރުތަކެއް ލިބިވޮޑިގެންވަނީ ﷲ އަށް ކަމެވެ. 

އަހަރެމެންގެ ވާޖިބަކީ މިސްކިތުގެ ޖަމާއަތަށް ގޮސް ރަސޫލް ﷺ ގެ ސުންނަތާއިއެއްގޮތަށް ސަފުހަދައި ނަމާދުކޮށް ދުޢާކުރުމެވެ. ޖަމާއަތުގައި ކިޔާ ޤުނޫތުގައި ބައިވެރިވުމެވެ. ޑޮކްޓަރުން ދެއްވާ ލަފާގައި ހިފައި މާސްކް އެޅުން ފަދަ ކަންކަންކޮށް ސަބަބުތަކުގައި ހިފެހެއްޓުމެވެ.

މިއަދު އޮންލައިން