އިސްލާމީ ޝަރީޢަތާއި ބީރަށްޓެހި ބޭފުޅުން ޙުކުމް ކުރައްވަން ތިއްބެވުމަކީ އިސްލާމީ ތަޢުލީމަށް ފުށުއަރާ ކަމެއް: ޝެއިޚް ނަޝީދު

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އިސްލާމީ ޝަރީޢަތާއި ބީރަށްޓެހި ބޭފުޅުން ޙުކުމް ކުރައްވަން ތިއްބެވުމަކީ އިސްލާމީ ތަޢުލީމަށް ފުށުއަރާ ކަމެއް: ޝެއިޚް ނަޝީދު

އިސްލާމީ ޝަރީޢަތާއި ބީރަށްޓެހި ބޭފުޅުން ޙުކުމް ކުރައްވަން ތިއްބެވުމަކީ އިސްލާމީ ތަޢުލީމަށް ފުށުއަރާ ކަމެއް ކަމަށް އައްޝައިޚް މުހައްމަދު ނަޝީދު އާދަމް ވިދާޅުވެއްޖެއެވެ.

ޝެއިޚް ނަޝީދު މިހެން ވިދާޅުވެފައިވަނީ ޖަމިއްޔަތުއްސަލަފުން ބާއްވާ ދަރުސް ސިލްސިލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް ނަޝީދު މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަކީ މީގެ 800 އެތައް އަހަރެއް ކުރީއްސުރެ އިސްލާމްދީން ޤަބޫލުކޮށް އެދީނަށް ތަބަޢަވާ ރައްޔިތުން ތަކެއް އުޅެމުންދާ ޤައުމެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ގައުމެއްގެ މަޞްދަރެއް ކަމުގައި ބަލާފައި އޮތީ އިސްލާމީ ޝަރީޢަތް ކަމުގައެވެ. ނަމަވެސް އަޅުގަނޑުމެންނަށް މިހާރު ފެނިގެން ދަނީ ޤާޒީން އައްޔަން ކުރާއިރުގައި ވެސް އިސްލާމީ ޝަރީޢާ ކިޔަވާގެން ތިއްބެވި ބޭފުޅުން އައްޔަނު ކުރެވިފައި ނުވާ ކަމެވެ.

މީގެ އިތުރުން ބޭރު ޤައުމުތަކުން ޤާނޫނު ކިޔަވާގެން ތިއްބެވި، އިސްލާމީ ޝަރީޢާ ކިޔަވާ ވިދާޅުނުވާ ބައެއް ބޭފުޅުން ޖުޑިޝަރީގެ މަޤާމްތަކަށް، ޤާޒީންގެ ފެންވަރަށް އަދި އެންމެ މަތީ ދަރަޖައަށް ވެސް އައްޔަނު ކުރެވިފައިވާކަމެވެ. އެއީ ޙަޤީޤަތުގައި ވަރަށް ދެރަކޮށް ހިނގާފައި ހުރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ފަނޑިޔާރުން ވެސް އިސްލާމީ ޝަރީޢަތައް އަހުލުވެރިވެފައި ތިބޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި އެއާ ގުޅިގެން ޤާނޫނީ ވަކީލުންނަކީ އިސްލާމީ ޝަރީޢަތް ކިޔަވާ ވަޑައިގަތް ބޭފުޅުންނަށް ވާން އެބަ ޖެހޭ ކަމަށެވެ.

 

- ދިއިސްލާމް

މިއަދު އޮންލައިން