ކޮވިޑް ޖެހިގެން ދިވެހި ފިރިހެނަކު ނިޔާވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
ކޮވިޑް ޖެހިގެން ދިވެހި ފިރިހެނަކު ނިޔާވެއްޖެ!

ކޮވިޑް 19 ޖެހިގެން 60 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭ މަރުވި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މިއީ މިބަލި ޖެހިގެން ރާއްޖޭގައި ނިޔާވި 38 ވަނަ މީހާކަމަށެވެ.

މިބަލީގައި ފުރަަަތަމަ މީހަކު ނިޔާވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. 

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 10779 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ  11,643 އަށް އަރައިފައެވެ. މި ބައްޔަށް 820 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 54 މީހަކަށެވެ.

މިއަދު އޮންލައިން