އެޗްޕީއޭ ޕްރައިވެޓައިޒް ކުރަންވީނު؟ ޕޮޒިޓިވް ލޭބަލުގަ ރަށްރަށުގެ ރައްޔިތުން ބިރުގެންނެވުން ހުޓާލަން އަދިވެސް ނުވަނީތަ؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 45ސ
އެޗްޕީއޭ ޕްރައިވެޓައިޒް ކުރަންވީނު؟ ޕޮޒިޓިވް ލޭބަލުގަ ރަށްރަށުގެ ރައްޔިތުން ބިރުގެންނެވުން ހުޓާލަން އަދިވެސް ނުވަނީތަ؟

12:00 ގަ: "ފޭތާންބަށި އަތޮޅު ކަނބިލިފުށިން ނެގި ސާމްޕަލް ޕޮޒިޓްވްވެ އެރަށަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފި. ރަށު ރައްޔިތުންގެ ސާމްޕަލް ނަގަނީ"

4:00 ގަ: "ފޭތާންބަށި އަތޮޅު ކަނބިލިފުށިން ޕޮޒިޓިވްވި ސާމަޕްލް ނެގަޓިވްވެއްޖެ!"

ޓެސްޓް ހަދަނީ އިންސާނުންނެވެ. ބޭނުންކުރަނީ އިންސާނުން އުފެއްދި މެޝިނެކެވެ. މައްސަލައެއް ކުރިމަތިވެދާނެއެވެ. އިވެނީ 15 މިނިޓުން ނަތީޖާ ލިބޭ މެޝިންތައް ވަށައިގެން އެނބުރޭ ވާހަކައެވެ. ވީއިރު ރަށެއްގެ ރައްޔިތުން ބިރުގަންނަވައި ނަފްސާނީ ބަލިމަޑުކަން ނުޖައްސުވައި ވާނެ ގޮތެއް ހަމަ ނެތީތޯއެވެ؟

ޕޮޒިޓިވްވެގެން އަލަށް ރަށްރަށް އިއުލާނުކުރާއިރު މިކަންކަމަށް ބަލައިލެވޭވަރުގެ ވިސްނުން ހުރި ބައަކު އެޗްޕީއޭގަ ހަމަ ނެތީތޯއެވެ! މިކަން އަބަދު ތަކުރާރުވަމުން އަންނައިރު ޙައްލުނުކުރެވުނު އެޗްޕީއޭ ޕްރައިވެޓައިޒްކުރުން ކީއްތޯ ވެސް ގިނަ ބައަކު ސުވާލުކުރެއެވެ؟

މިއަދު އޮންލައިން