މީހުން ފަޟީޙަތް ކުރުމަކީ ޝައިޠޯނާ މީހުން ލައްވާ ކުރުވާ އެންމެ ބޮޑު އެއް ފާފަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
މީހުން ފަޟީޙަތް ކުރުމަކީ ޝައިޠޯނާ މީހުން ލައްވާ ކުރުވާ އެންމެ ބޮޑު އެއް ފާފަ!: މުފްތީ މެންކް

މީސްތަކުންނަށް މާޒީގައި ކުރެވިފައި ހުންނަ ގޯސް ކަންތައްތަކުގެ ވާހަކަތައް ދައްކައި އެމީހުން ފަޟީޙަތް ނުކުރާށެވެ! އެހެނީ އެމީހާ މިހާރު ހުރީ ތައުބާވެ ތިބާއަށްވުރެ މާބޮޑަށް ﷲ ތަޢާލާގެ ޙަޟްރަތާއި ކުއްތަންވެގެން ކަމަށްވެދާނެއެވެ. 

އަދި ކީއްހެއްޔެވެ؟ މީހުންގެ މާޒީ ހަނދާންކޮށްދީ ފަޟީޙަތްކުރުމަކީ އެމީހަކު އިޞްލާޙްވުމަށް ހުރަސް އެޅޭ ކަމެކެވެ. އެއްވެސް މީހަކު އިޞްލާޙްވާން ކުރާ މަސައްކަތަށް ހުރަސް އެޅުމަކީ ފާފަވެރިވާނެ ޢަމަލެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ ޢަމަލެކެވެ. 

ޞަޙާބީންގެ ޒަމާން ދޫކޮށް މިޒަމާނަށް ބެލި ނަމަވެސް އެންމެ ބޮޑެތި ތަޤްވާވެރިންގެ ތެރެއިން ވެސް އެތައް ބައަކީ ކުރިން ހަމަ ވަރަށް ބޮޑެތި ފާފަތައް ކުރެވުނު މީހުންނެވެ. ވީމާ އެއްވެސް މީހަކު މިހާރު ހުންނާނެ ޙާލަތު ހަމަ އެކަކަށްވެސް ވަޒަން ކުރަންވެސް ނުއެނގޭނެއެވެ! 

އަދިވެސް ކީއްހެއްޔެވެ؟ ފާފަ ނުކުރެވެނީ ކާކަށް ހެއްޔެވެ؟ ޚުދު ތިމާއަކީ ހަމަ އެއްވެސް ފާފައެއް ނުކުރެވޭ މީހަކީމު ހެއްޔެވެ؟ ޔަޤީންވާ ކަމަކީ ކުރިން ފާފައެއް ނުކޮށް ހުރި ނަމަވެސް މީހަކު ފަޟީޙަތް ކުރުމުން އެކުރެވެނީ ބޮޑު ފާފައެއް ކަމެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން