އާޚިރަތް އެދޭމީހާއަށް މިވާހަކަކޮޅުގެ ބުރަދަން ހާދަބޮޑެވެ! ޢިބްރަތް ޙާޞިލުކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
އާޚިރަތް އެދޭމީހާއަށް މިވާހަކަކޮޅުގެ ބުރަދަން ހާދަބޮޑެވެ! ޢިބްރަތް ޙާޞިލުކުރާށެވެ!: މުފްތީ މެންކް

ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ، ﷲ ތަޢާލާ ހުރިހާ ގޮތަކުން އެންމެ މަތިވެރި ކުރައްވަވައި އެންމެ މާތް ކުރެއްވެވި އިންސާނަކީ ކާކު ހެއްޔެވެ؟ ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ދެއްވަވާނެ އިންސާނަކީ ކާކުހެއްޔެވެ؟ 

މިފަދަ ހުރިހާ ސުވާލުތަކެއްގެ ޖަވާބަކީ އަހަރެމެންގެ ލޮބުވެތި ރަސޫލް މުޙައްމަދު (ޞޢވ) އެވެ.

ނަމަވެސް އެފަދަ މަތިވެރި ޞާޙިބާ ދުނިޔޭގައި އުޅުއްވެވި ޙާލުކޮޅަށް ވިސްނާށެވެ! ދިރިއުޅުއްވެވި ގަނޑުވަރުކޮޅުގެ ހާލަތަށް ވިސްނާށެވެ! އަވަހާރަފުޅު ލެއްޕެވި ތަންމަތިކޮޅުގެ ޙާލަތަށް ވިސްނައިލަބަލާށެވެ! ދަތުރުފުޅު ކުރައްވަވައި އުޅުއްވެވި ޙާލުކޮޅަށް ވިސްނާށެވެ! ދަތުރުފަތުރުކުރައްވަވައި އުޅުއްވެވި ޙާލުކޮޅަށް ވިސްނާށެވެ! ފަރިއްކުޅުއްވަވައި އުޅުއްވެވި ތަކެއްޗަށާއި މިންވަރަށް ވިސްނާށެވެ! 

މިބަޔާންކުރި ޙާލަތަށް ވިސްނުމަށްފަހު މީސްތަކުން މިއަދު ދިރުއުޅެމުން މިގެންދާ ފެންވަރަށް ވިސްނާށެވެ! ދަތުކުރާ ފެންވާރަށާއި ދިރިއުޅޭ ގޮތަކުގެ ފެންވަރަށާއި ކައިބޮއި ހަދާތަކެތީގެ ފެންވަރަށް ވިސްނާށެވެ! ހަމައެކަނި ދަތުރުކުރުމަށް ބަލައިލި ނަމަވެސް ރަސޫލް (ޞޢވ) އަށް ޖަމަލާއި ޙިމާރު ފަދަ ޖަނަވާރުތަކެވެ. މިއަދު އަމިއްލަ ޖެޓުގައި އުދުހެނީއެވެ. ދުއްވަނީ އެހައި އަގުބޮޑު ކާރެވެ! 

މިފަދަ ކަންކަމުން ޙާޞިލުކުރަން ޖެހޭ ޢިބްރަތަކީ ދުނިޔަވީ ގޮތުން ލިބޭ ތަނަވަސްކަމާއި ފުރިހަމަ ދިރިއުޅުމުން އާޚިރަތް ދުވަހު ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމެވެ. ހުރިހާވެސް މަތިވެރިކަމެއް ލިބުންވަނީ އެމީހާގެ އީމާންތެރިކަމާ ތަޤްވާވެރިކަމާ ކުރާ ހެޔޮ ޢަމަލުތަކުން ކަމެވެ. ވީމާ ދުނިޔެ އެދިގެން ހަޔާތް ވޭތިކުރަމުން ގެންދާ މީހުން މިފަދަ ކަންކަމަށް ވިސްނާށެވެ! 

ދުނިޔޭގެ ނިޢްމަތްތަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ! ހުރިހާ ފައިދާއެއްވެސް ލިބެން އޮތީ އާޚިރަތް ހޯދަން މަސައްކަތްކުރެވިއްޖެ ނަމައެވެ. އަދިވެސް އިތުރަށް ވިސްނައިލާށެވެ! ދުނިޔޭގެ ދިރިއުޅުން ކިތަންމެ ފުރިހަމަ ނަމަވެސް އެއީ ތިމާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ސަބެއް ނޫންކަން މިވާހަކަކޮޅުން ކިތަންމެ ރަނގަޅަކަށްވެސް އެނގިގެން އެބަދެއެވެ. ހަމަ އެއާއިއެކު ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުން ވަނީ މީހާގެ ތަޤްވާވެރިކަމާއި ހެޔޮ ޢަމަލުތައް ކުރި މިންވަރަކުންކަންވެސް އެނގިގެން އެބަދެއެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން