ދިރިއުޅުމާއިމެދު ވިސްނައިފިނަމަ އެއީ އެހައި އުނދަގޫ ކަމެއް ނޫނެވެ. ދަނޑުވެރިއެއްގެ މިސާލުގައި ވިސްނާށެވެ! ލިބޭނީ އިންދިގަހެއްގެ މޭވާއެވެ! އންދި ގަހެއްގެ ގޮވާމެވެ! ދިރިއުޅުމަކީ ވެސް ހަމަ އެފަދަ ކަމެކެވެ. ތިބާއަށް ލިބޭނީ ތިބާ ކުރި މަސައްކަތެއްގެ ނަތީޖާއެވެ! އާޚިރަތް ދުވަހަކީ އެކަން ޔަޤީންކުރެވޭނެ ދުވަހެވެ!
ތިމާއަށް ކުރެވޭ ކަންކަން އެންމެ ރަނގަޅަށް އެނގޭނީ ހަމަ އެ މީހަކަށެވެ! އެހެން މީހުންނަށް ފާޑުކިޔުމުގެ ކުރިން ތިމާ އެހެން މީހުންނަށް ފާޑުކިޔާ ކަންކަން ތިމާއަށް ކުރެވޭ މިންވަރު ނުވަތަ އެ ސިފަތައް ތިމާގެ ގައިގައި ހުރި މިންވަރު ދެނެގަންނާށެވެ!
ދިރިއުޅުމުގައި ކޮންމެ ޙާލަތެއް ކުރިމަތިވި ނަމަވެސް ހެޔޮ ޢަމަލުތައް ގިނަކުރުންމަތީގައި ސާބިތުވާށެވެ! އެހެން މީހުންނަށް ހެޔޮކޮށް ހިތާށެވެ! ތިބާ ކުރާ ހެޔޮ އަމަލުތަކަށް ޙައްޤު ޖަޒާ ތިމާއަށް ދެއްވަވާނެކަން އެއީ ޔަޤީން ކަށަވަރު ކަމެކެވެ.
ވީމާ ހެޔޮ އަމަލުކުރުމާއި މީސްތަކުންނަށް ހެޔޮކޮށް ހިތުން އިތުރުކުރާށެވެ! އެކަންކަމުން ހޯދެން އޮތް އެންމެ ގިނަ ޘަވާބު ހޯދަން މަސައްކަތްކުރާށެވެ! މީހުންނަށް ފާޑުކިޔައި ނެތިމޮށުމުން ލިބޭނީ ޢަޛާބެވެ! ތިމާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ! ހެޔޮ އަމަލުކޮށް ހެޔޮކޮށް ހިތުމަކީ އެކަމުގެ ޘަވާބު ނުލިބި ނުދާނެ ކަންކަމެވެ! އެކަންކަން ކުރުން ގިނަކުރާށެވެ!