ޔާ ﷲ! ދުނިޔޭގެ ކަންކޮޅުތަކުގައި ނިކަމެތި ޙާލުގައި ޖެހިފައި ތިބި އެންމެންނަށް ރަހްމަތް ލެއްވެވުން އަދި އަޅަމެން ދުޢާކުރަމުއެވެ! ފަޤީރުވުމުގެ ސަބަބުންނާއި އެނޫންވެސް ގޮތްގޮތުން ނިކަމެތިކަން ލިބިފައިވާ މީހުންގެ މުހުތާދުތައް ފުއްދަވައިދެއްވެވުން އަވަސްކޮށްދެއްވަވާނދޭވެ! ބޯހިޔާވަހިކަން ގެއްލި އަދި އެމީހުން އެންމެ ލޯބިވާ މީހުންނާއި ވަކިވާން ޖެހިފައިވާ މީހުންނަށް ރަޙުމް ކުރައްވަވައި އެމީހުންގެ ޙާލަތަށް އެހީތެރިވެވޮޑިގެން ދެއްވަވާނދޭވެ!
އެމީހުންގެ ހިތްތަކަށް ލިބިފައިވާ ހާސްކަން ފިލުއްވަވައި ދެއްވަވައި ހިތްވަރު އިތުރުކޮށްދެއްވަވާނދޭވެ! މާޔޫސް ކަމުގެ ބަދަލުގައި އުންމީދު އައުކޮށްދެއްވަވާނދޭވެ! އާމީން
މިއީ މިއަދު މުފްތީ މެންކް ޢާންމުކުރައްވަވާފައިވާ ދުޢާއެކެވެ. ހަމަ ކޮންމެ މީހަކުވެސް މިފަދައިން ދުޢާކުރުމަކީ އޮތްކަމެކެވެ! ދުޢާ އަކީ ޙާލަތު ބަދަލުކޮށްދެއްވުމުގެ ތަޅުދަނޑިއެވެ!