ބޭނުންތައް ނުފުދިގެން ކަންބޮޑުވެވޭނަމަ ހެޔޮ އަމަލުތައް ގިނަކުރުމުން ﷲ އާ އިތުރަށް ކުއްތަންވެލާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ބޭނުންތައް ނުފުދިގެން ކަންބޮޑުވެވޭނަމަ ހެޔޮ އަމަލުތައް ގިނަކުރުމުން ﷲ އާ އިތުރަށް ކުއްތަންވެލާށެވެ!: މުފްތީ މެންކް

ތިބާއަށް ކުރަން ބޭނުންވާ ކޮންމެވެސް ކަމެއް ނުވެގެން ނުވަތަ ބޭނުމެއް ނުފުދި އޮވެގެން ގިނަގިނައިން ވިސްނޭހެއްޔެވެ؟ ނުވަތަ ދެރަވެ ކަންބޮޑުވޭ ހެއްޔެވެ؟ 

އެކަންކަން މެދުވެރިވާނަމަ އީމާންކަން ވަރުގަދަކުރަން މަސައްކަތްކުރާށެވެ! ރޫޙާނީ ގޮތުން ވަރުގަދަވާން މަސައްކަތްކުރާށެވެ! ﷲ ތަޢާލާ އާއި ކުއްތަންވެވޭނެ ޢަމަލުތައް ކުރުން ގިނަކުރާށެވެ! 

ހިތް ނުފުރުމާއި ހިތް ނުފުރިގެން ކަންބޮޑުވުމަކީ ޝައިޠޯނާގެ ކިބައިން އަންނަ ކަންކަމެވެ. ހިތް ފުރުމާއި ނުފުރުމަކީ އީމާންތެރިންނާއި ފުރިހަމައަށް އީމާން ނުވެވޭ މީހުންގެ މެދުގައި ހުންނަ ތަފާތެކެވެ! 

ވީމާ ޙާޞިލުކުރަން ބޭނުންވާ ކަމެއް ޙާޞިލުނުކުރެވޭނަމަވެސް ދެރަވެ ކަންބޮޑުނުވާށެވެ! އެކަމަކަށް މަގުދައްކަވައި ދެއްވުން އެދި ﷲ ތަޢާލާއަށް ދުޢާކުރުމާއިއެކު ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ ތިބާއަށް ރަޙްމަތް އިތުރުކުރައްވަވައި މަގު ދައްކަވާނެތެވެ! ތިބާގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

- މުފްތީ މެންކް

މިއަދު އޮންލައިން