މަޝްހޫރު މީހުންނާ މުޤައްދިސް ތަންތަނުގަ ފޮޓޯ ނެގުމުން ކުރާނެ އެއްވެސް ފައިދާއެއް ނެތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
މަޝްހޫރު މީހުންނާ މުޤައްދިސް ތަންތަނުގަ ފޮޓޯ ނެގުމުން ކުރާނެ އެއްވެސް ފައިދާއެއް ނެތް!: މުފްތީ މެންކް

ޓެކްނޮލޮޖީއަށް ﷲ ތަޢާލާ ދެއްވެވި ކުރިއެރުމާއިއެކު ކުރާ ކޮންމެ ކަމެއް ފޮޓޯނެގުމާއި ބައްދަލުވާ ކޮންމެ މީހަކާއިއެކު ފޮޓޯ ނެގުމާއި ދެވޭ މުޤައްދިސް ތަންތަނުގައި ފޮޓޯނެގުމާއި ވީޑިއޯ ކުރުމާއި އެތަކެތި ހާމަކުރުން މިއަދު މިވަނީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމަކަށްވެފައެވެ. އެހެންކަމުން ވަރަށް ގިނަ ބައަކު އެކަން ކުރެއެވެ. 

މިގޮތުން ޙަރަމްފުޅުތަކަށާއި މަޝްހޫރު މިސްކިތްތަކަށް ދެވުމުންނާއި އަދި ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެވުމުން ވެސް އެކުގައި ފޮޓޯތައް ނަގައި ހާމަކުރެއެވެ. އެއްކޮށް ޖަމާކުރެއެވެ. އެހެންކަމުން ބުނެލަން އޮތީ ނަގާ ފޮޓޯއަކުން ނުވަތަ ހާމަކުރާ ފޮޓޯއަކުން އެކަނި ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމަށެވެ. އެހެނީ ޤިޔާމަތް ދުވަހު ނުވަތަ މަރުހިއްޕަވަން މަލާއިކަތުން ވަޑައިގަތުމުން ކިތަންމެ ބޮޑު ޢިލްމުވެރިއަކާއިއެކު ނުވަތަ ޙަރަމްފުޅުގައި ނަގާފައިވާ ފޮޓޯއެއް ދައްކައިގެން ސަލާމަތެއް ނުވެވޭނެއެވެ! އަދި ދެއްކުމުގެ ފުރުޞަތެއްވެސް ނުލިބޭނެއެވެ. 

ޢިލްމްވެރިއަކާއިއެކު ނަގާ ފޮޓޯއިން ފައިދާއެއް ނުކުރި ނަމަވެސް ޢިލްމުވެރިޔާ ދެއްވާ ނަބޭޙަތް ޤަބޫލުކޮށް ޢަމަލުކުރާނަމަ އެކަމުގެ ފައިދާކުރާނެއެވެ! ޙަރަމްފުޅަށް ދެވުމަށްފަހު ތިމާއަށް ﷲ ތަޢާލާ ދެއްވެވި ނިޢްމަތުގެ ބޭނުން ހިފައި ތިމާގެ ޢަމަލުތައް ދީނުގައި ސާބިތުކޮށްފިނަމަ އެކަމުގެ ފައިދާކުރާނެއެވެ! 

ވަކި މީހަކާއިއެކު ނުވަތަ ވަކިތަނެއްގައި ނަގާ އެއްވެސް ފޮޓޯއަކުން ޖަންނަތުލްފިރުދައުސް އާއި ކައިރިއެއް ނުވެވޭނެއެވެ. ކައިރިވެވޭނީ ކުރާ ހެޔޮ ޢަމަލުންނެވެ! ހެޔޮ ޢަމަލުތައް ކުރަން ގޮވާލައި ޕޯސްޓްތައް ފަތުރާ މީހުންނަށްވެސް އެކަމުގެ ފައިދާކުރާނީ ތިމާ ވެސް އެކަމަށް ޢަމަލުކުރުމުންނެވެ! 

ފޮޓޯ ނަގައިފިނަމަ ހަނދާނަކަށް ބާއްވާށެވެ! ހަނދާން ބަހައްޓަންވީ ޢިލްމުވެރިޔާ ދެއްވި ނަޞޭޙަތެވެ! ތިމާއަކީ ޙައްޖު ނުވަތަ ޢުމުރާވުމުގެ ނަބީބު ލިބިފައިވާ މީހެއްކަމެވެ. އިސްލާމް ދީނުގައި ސާބިތުވާންޖެހޭނެ ކަމެވެ. 

- މުފްތީ މެންކް

މިއަދު އޮންލައިން