ޙަލާލްތަކެތި ނަމަވެސް ޙަލާލް ނޫން ގޮތުގަ ކެއެމުން ލިބޭނީ ގެއްލުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ޙަލާލްތަކެތި ނަމަވެސް ޙަލާލް ނޫން ގޮތުގަ ކެއެމުން ލިބޭނީ ގެއްލުން!: މުފްތީ މެންކް

އިންސާނުން ކައިބޮއިހެދުމަށްޓަކައި ﷲ ތަޢާލާ ވަނީ ގިނަ ތަކެތި ޙަލާލްކުރައްވަވައިފައެވެ. އެހެންކަމާއިއެކުވެސް އެތަކެތި ކާންވާނީ ޙަލާލު ގޮތުގައެވެ. ދިރޭ އެއްޗެއް ނަމަ ޙަލާލު ގޮތުގައި ކަތިލައިގެންނެވެ. އަދި ކީއްހެއްޔެވެ؟ ކެއުމުގެ ބޭނުމުގައި ބޮޑެތިކުރާ ޖަނަވާރުތައްވެސް ބޮޑުކުރަން ޖެހޭނީ އެތަކެއްޗަށް ދޭން ޖެހޭ ޙައްޤުތައް ދީގެންނެވެ. އަނިޔާވެރި އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެއެވެ. 

ޖަނަވާރު ފަދަ ތަކެތި ކަތިލާއިރު ވަޅި ތޫނުކުރަންވާނެއެވެ. އެއީ އެއަށް އަޅާވޭން ވީހައި ކުޑަކުރުމަށެވެ. ﷲ ތަޢާލާ ޙަލާލް ކުރެއްވެވިނ ތަކެތި ކަމުގައިވީނަމަވެސް ކާންވާނީ ﷲ ތަޢާލާ އެކަން ކުރައްވަވާފައި ގޮތަށް އަމަލުކުރުމާއިއެކުގައެވެ.ހުއްދަ ކުރެއްވެވި ގޮތުގައެވެ. 

މީސްތަކުންނަށް އުނދަގޫކުރާ، ގެއްލުންދޭ ތަކެތި މެރުން ހުއްދައެވެ. ނަމަވެސް މަރަންވާނީ ﷲ ތަޢާލާގެ ނަންފުޅުގައެވެ. ﷲ ތަޢާލާގެ އިޒުނަފުޅު އެދިގެންނެވެ. މަދިރިމަރަން ސްޕްޜޭ ކުރި ނަމަވެސް މެއެވެ. ﷲ ތަޢާލާ ފުރާނަ އެޅުއްވެވި އެއްވެސް އެއްޗެއް ﷲ ތައާލާގެ އިޒުނަފުޅު ނެތި މަރަން އަހަރެމެންމިއީ ކޮން ބައެއް ހެއްޔެވެ؟ 

ލިޔުމުގައިވާ ޓްވީޓުގެ ވީޑިއޯ ބައްލަވައިލައްވާށެވެ! ގިނަ ފިލާވަޅުތަކެއް ލިބިގެންދާނެއެވެ! 

މިއަދު އޮންލައިން