މަދުން ހެޔޮޢަމަލުކުރެވޭ މީހުންނަށް ހިތްވަރުދީ ހެޔޮދުޢާކުރަންވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މަދުން ހެޔޮޢަމަލުކުރެވޭ މީހުންނަށް ހިތްވަރުދީ ހެޔޮދުޢާކުރަންވާނެ!: މުފްތީ މެންކް

އެކި މީހުންނަށް ހެޔޮ އަމަލުކުރެވޭނީ އެކިވަރަށެވެ. ރަނގަޅު ސިފަތައްވެސް އެކިމީހުންގެ ގައިގައި ހުންނާނީ އެކިވަރަށެވެ! މީހެއްގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ހުރިނަމައެކަންބަލައިގަންނާށެވެ! 

ހަމައެއާއިއެކު އިޞްލާޙްކުރަންޖެހޭކަން ފާހަގަކުރެވޭ ކަންކަން ހުރިނަމަ އެކަންކަން ރިވެތި ގޮތުގައި ފާހަގަކޮށް ނަޞޭޙަތްދޭށެވެ! ނަމަވެސް ރުޅިވެރިކަން އިސްނުކުރާށެވެ! ނަޞޭޙަތްދޭއިރު އެމީހެއްގެ ކިބައިގައި ހުރި ރަނގަޅު ކަންކަން ފާހަގަކޮށް ތަޢްރީފްވެސް ކުރަންވާނެއެވެ! ތަޢްރީފް ކުރުމަކީ އިޞްލާޙްވާން ކުރާ މަސައްކަތަށް ހިތްވަރު ލިބޭނެ ކަމެކެވެ. 

ހަމައެއާއިއެކު ތިމާގެ ޢަމަލުތައް އިޞްލާހްކުރުމުގެ ހިތްވަރު ދެއްވެވުން އެދި ދުޢާކުރާ ފަދައިން އެހެން މީހުންނަށްވެސް ހިތްވަރާއި ސާބިތުކަން ދެއްވެވުން އެދިވެސް ދުޢާކުރަންވާނެއެވެ! ކޮންމެކަމެއްވެސް ޙާޞިލުކުރެވޭނީ އެމީހަކު އެކަމަށް އެދި މަސައްކަތްކުރުމުންނެވެ. އަދި ﷲ ތަޢާލާ އެކަމަށް އިރާދަކުރެއްވެވުމުންނެވެ. 

މިއަދު އޮންލައިން