އަހަރެންގެ ދަރުސަކަށް ވަން ބެލޭޑާންސަރަކު ނުކުތީ އިސްލާމްވެގެން! އެއްވެސްމީހަކު އިސްލާމް ނުވާނެ ކަމަށް ބަލައިގެންނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އަހަރެންގެ ދަރުސަކަށް ވަން ބެލޭޑާންސަރަކު ނުކުތީ އިސްލާމްވެގެން! އެއްވެސްމީހަކު އިސްލާމް ނުވާނެ ކަމަށް ބަލައިގެންނުވާނެ!: މުފްތީ މެންކް

އަމިއްލަ ޖަމިއްޔާއަކުން އިންތިޒާމުކުރި އަހަރެންގެ ދަރުސެއް އަޑު އަހަން އަމިއްލައަށް ހޭދަވެސް ކޮށްގެން ބެލޭ ޣާންސްކުރާ ކްރިސްޓިއަން އަންހެނަކު ވަނެވެ. އޭނާއަކީ ކްލަބްތަކާއި އެހެނިހެން ތަންތަނުގައި އެބައަކު ބޭނުންވާ ގޮތަކަށް ފޭރާން ލައިގެން ނަށައިދެމުން ދިއަ އަންހެނެކެވެ. 

ދަރުސްގެ ތެރެއިން އޭނާވަނީ ޝަހާދަތްކިޔައި އިސްލާމްވެފައެވެ. އެއީ ޚުދު އަހަރެންނަށް ވެސް ވަރަށް ބޮޑު ޙައިރާންކަމެއް ލިބިގެންދިއަ ވަގުތުކޮޅެކެވެ. ވީމާ އެއީ ކޮންމެ ކަމެއް ކުރަމުން އަންނަ މީހެއް ނަމަވެސް އެއްވެސް މީހަކީ އިސްލާމް ނުވާނެ މީހެއް ކަމަށް ދެކެގެން ނުވާނެއެވެ. 

އިސްލާމް ދީނަށް ނަފްރަތުކުރުމުގައި ހައްދުފަހަނައަޅައި ދިއަ އެތައް މިލިއަން މީހުން ވަނީ އިސްލާމްވެފައެވެ. ﷲ ތައާލާ ރުހިވޮޑިގަންނަވާ އަޅުންނަށް ﷲ ތަޢާލާ ތެދުމަގު ދައްކަވާނެތެވެ! 

"ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާހާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެތެވެ. އެހެނެއްކަމަކު، ﷲ، އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތެދުމަގު ލިބެނިވި މީހުން މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ." (އަލްޤަޞަޞް: 56)

މީސްތަކުންނޭވެ! ބަވަނަވެފައިވާ ދުނިޔެއެއްގައި އުޅެމުން ގެންދާއިރު ވަރަށް ގިނަ ނުބައި އަމަލުތައް ކުރާ މީހުންނާއި ބައްދަލުވާނެއެވެ! އެމީހު ން ކުރާ ނުބައި އަމަލުތަކަށް ނަފްރަތުކުރާށެވެ! އަދި އެމީހުންނަށް ހިނިތުންވެލައި އެމީހުންނަށް ތެދުމަގު ދެއްކެވުން އެދި ދުޢާކުރާށެވެ! ކުރިން ބުނިފަދައިން އެންމެ ބޮޑެތި ފާފަތައް ކޮށް އުޅުނު އެތައް ހާސް މިލިއަން މީހުން މިހާރުވެސް ވަނީ އިސްލާމްވެފައެވެ. އަދި ކޮންމެ ދުވަހަކުވެސް އެދަނީ އިތުރު އެތައް ހާސް ބައަކު އިސްލާމްދީނަށް ވަންނަމުންނެވެ!

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން