އަޅުކަމުގެ ފުނިވަރެއް އެއްފަހަރުން ނުވަތަ އެއް ދުވަހުން ކުރަން ނުވިސްނާށެވެ! އެދުވަހަކު ކުރެވެން އޮތް ވަރަކަށް ކުރަމުން ގެންދާށެވެ! ކުރަމުން ކުރަމުން ގެންގޮސް ގިނަކުރާށެވެ!
މިސާލަކަށް ބަލަންވީ ތުއްތު ކުދިންނެވެ. ފުރޮޅެމުން ގޮސް ފިރުކެއެވެ. ތަންތަނުގައި ހިފަހައްޓައިގެން ތެދުވަން ފަށައެވެ. އެއަށްފަހު ހިނގައިގަނެއެވެ. ދުވަން ވެސް ފަށައެވެ.
ﷲ ތަޢާލާއަށް އަޅުކަންކުރުންވެސް އަދި ދިރިއުޅުމުގެ ކަންކަންވެސް ހަމަ މިމޭރުމުން ކުރަމުން ގެންދާށެވެ! ހުރިހާ ކަމެއް އެއް ދުވަހުން ނުވަތަ އެއް ފަހަރާ ކުރަން އުޅެފިނަމަ އެއްވެސް ކަމެއް އޮންނާނީ ރަނގަޅުގޮތުގައި ނުކުރެވިފައެވެ.
ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ އެކަމެއް ކުރަން އަންގަވާފައިވާ ގޮތަށް ކުރާ ޢަމަލުތަކެވެ.
- މުފްތީ މެންކް