ކަމަކު އެދިގެން މީހަކު އަތުވެއްޖެނަމަ ވިސްނަންވާނީ އެމީހާ ހުރި ޙާލަތުގަ ތިމާ ހުރިކަމަށް ބަލައިގެންނެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ކަމަކު އެދިގެން މީހަކު އަތުވެއްޖެނަމަ ވިސްނަންވާނީ އެމީހާ ހުރި ޙާލަތުގަ ތިމާ ހުރިކަމަށް ބަލައިގެންނެވެ!: މުފްތީ މެންކް

"މީހަކު ކަމަކު އެދިގެންއަތުވެއްޖެ ނަމަ ތިމާގެ ޙާލަތަށް ނުބަލާށެވެ! އެމީހާގެ ޙާލަތަށް ބަލާށެވެ! އެކަން ކުރެވޭނީ އޭނާއަށް ކުރިމަތިވެފައިވާ ޙާލަތު ތިމާއަށް ކުރިމަތިވެފައިވާކަމަށް ވިސްނައި ބޭނުން ޖެހިގެން އައިސް ހުރީ ޚުދު ތިމާކަމުގައި ވިސްނުމުންނެވެ. 

ބޭނުމެއް ޖެހިގެން އަތް ދިއްކޮށްލައިފިނަމަ އެމީހަކަށް އޯގާތެރިވާށެވެ! ކުށް ހީތައްކޮށް ޝައްކުގެ ލޮލުން ނުބަލާށެވެ! އެމީހަކަށް އެހީތެރިވދެވެން އޮތް ފެންވަރަކުން އެހީތެރިވެދޭށެވެ! އެހީތެރިވެދެވެން ނެތް ނަމަވެސް އެމީހަކާއިމެދު ލޯބިން އޯގާތެރިކަމާއިއެކު ބަސްބުނާށެވެ!"

- މުފްތީ މެންކް

"ﷲ ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިޘާލީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ މިޘާލެވެ! ﷲ އިރާދަކުރައްވާ މީހަކަށް (ޘަވާބް) ގިނަގުނަ ކުރައްވަވައެވެ. އަދި، ﷲ އީ، ތަނަވަސްވަންތަަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

މިއަދު އޮންލައިން