ލޮކްޑައުންގަ އޮއްވާ އެޗްޕީއޭގެ ހުއްދަނެތި ޖަލްސާތައް މަޖިލިސްކުރާ ގޭގަ ބޭއްވުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން: ޢަލީ ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ލޮކްޑައުންގަ އޮއްވާ އެޗްޕީއޭގެ ހުއްދަނެތި ޖަލްސާތައް މަޖިލިސްކުރާ ގޭގަ ބޭއްވުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން: ޢަލީ ޙުސައިން

މާލެ ލޮކްޑައުންގެ ހާލަތުގައި އޮއްވައި އެޗްޕީއޭ ގެ ހުއްދަނެތި މަޖިލީހުގެ ޖަލްސާތައް މަޖިލިސްކުރާ ގޭގައި ބޭއްވުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. 

ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް މިއަދު ވަނީ ލޮކްޑައުން އުވާނުލަނީސް މާދަމާ ބާއްވަން މަޖިލީހުގެ ޗެމްބަރުގައި ބާއްވަން ތައްޔާރުވަމުންދާ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވެން ނެތްކަން މަޖިލީހުގެ އިދާރާ އަށް އަންގައިފިއެވެ.

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވީ އެންއޯސީގައި މަސައްކަތްކުރައްވާ ވަޒީރުން ފިޔަވައި އެހެން ވަޒިރުންވެސް ގެއިން ބޭރަށް ނުކުމެވަޑައިގަންނަވަނީ ފުލުހުންގެ ހުއްދަ ހޯއްދަވައިގެން ކަމަށެވެ. ވީމާ ކުރަން ޖެހޭ ކަންކަން ކުރެވޭނެ އުޞޫލުތައް އެބަހުރި ކަމަށެވެ.

މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މަޖިލިހުގެ ޖަލްސާލަތައް ނުބާއްވަވާ ހުންނެވެން ނެތް ކަމަށެވެ. އެމަނިކުފާނު މިހައިވަރުގަދަ ގޮންޖެއްސެވުމެއް ކުރިމަތިކުރައްވާފައި މިވަނީ މާލޭ ސަރަހައްދުގެ ލޮކްޑައުން ހަތަރުވަނަ ފަހަރަށް އިތުރުކުރި މުއްދަތު ހަމަވާން އެންމެ 2 ދުވަހަށް ވެފައި ވަނިކޮށެވެ! 

 

މިއަދު އޮންލައިން