ﷲ އާމެދު ނުބައި ބަސްތައް ބުނެ ނުބައި އަމަލުކުރާ މީހުންނާއެކު ނުވުމަކީ ﷲ ގެ އަމުރުފުޅެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ﷲ އާމެދު ނުބައި ބަސްތައް ބުނެ ނުބައި އަމަލުކުރާ މީހުންނާއެކު ނުވުމަކީ ﷲ ގެ އަމުރުފުޅެއް!: މުފްތީ މެންކް

ﷲ ތައާލާއަށް ނުބައި ބަސްތައް ބުނެ ނަހީކުރައްވަވާފައިވާ ކަންކަމަށް ހިތްވަރުދީ، ﷲ ތައާލާގެ ދީނާއި ޚިލާފް ވާހަކަތައް ދައްކާ މަޖިލިސްތަކުގައި ބައިވެރިނުވާށެވެ! އަދި މީހުންނަށް އެޗެތިކިޔާ މަޖިލިސްތަކުގައި ވެސް ބައިވެރިނުވާށެވެ! އެފަދަ ކަންކަން ކުރާ މީހުންނާއި ކައިރިވެސް ނުވެ ދުރުހެލިވާށެވެ! ހެޔޮލަފާ ރަނގަޅު ވާހަކަ ދައްކައިފުމަށް ދާންދެނެވެ. 

"ތިމަންރަސްކަލާނގެ އާޔަތްތަކާމެދު ދޮގުވާހަކަ ދައްކައިއުޅޭ މީހުން ކަލޭގެފާނަށް ފެނިވަޑައިގެންފިނަމަ، އެއުރެން އެ ނޫން ވާހަކައެއް ދައްކައިފުމަށް ދާނދެން އެއުރެންގެ ކިބައިން ވަކިވެވަޑައިގަންނަވާށެވެ! އަދި ޝައިޠޯނާ ކަލޭގެފާނު ހަނދުމަނެތި ކޮށްފިނަމަ (އެކަން) ހަނދުމަވުމަށްފަހު، އަނިޔާވެރިވީ މީސްތަކުންނާއެކު ފަހެ، ކަލޭގެފާނު ނީންނަވާށެވެ!" (އަލް އަންޢާމް: 68) 

މިއާޔަތުން އެނގިގެންދަނީ ﷲ ތައާލާ އާއި އަދި އެކަލާނގެ ރަސޫލާ (ޞޢވ) އާއި އަދި އިސްލާމް ދީނާއިމެދު ނުބައި ވާހަކަތައް ދައްކާ މަޖިލިސްތަކުގައި ބައިވެރިނުވުމުގެ އިތުރުން ނުބައި އަމަލުތައް ކުރާ ތަންތަނުގައިވެސް ހުރެގެން ނުވާނެ ކަމެވެ. 

ވީމާ ރަނގަޅު ކަންކަންކޮށް ރަނގަޅު ހެޔޮލަފާ ބަސްތައް ބުނާ މީހުންނާއިއެކުގައިވާށެވެ! ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުން ވަނީ އެއިރުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން