ޕޮޒިޓިވްވި އިމާމް - ތަޢްރީފް ޙައްޤު އިމާމެއް! ޕޮޒިޓިވްވިކަން އެންގީވެސް މިސްކިތުގަ އިންދަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޕޮޒިޓިވްވި އިމާމް - ތަޢްރީފް ޙައްޤު އިމާމެއް! ޕޮޒިޓިވްވިކަން އެންގީވެސް މިސްކިތުގަ އިންދަ!

އިމާމްގެ ގާތް ރައްޓެއްސަކު މިއަދުނޫހަށް މައުލޫމާތު ދިން ގޮތުގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި އިމާމަކީ ނަމޫނާ، ތަޢްރީފް ޙައްޤު އިމާމެކެވެ! 

ދިރިއުޅުއްވަނީ ހުޅުމާލޭގައި ކަމަށްވުމުން މިފަދަ ދުވަސްވަރަކު ދެކޮޅަށް ދަތުރުކުރެއްވުމަކީ ސަލާމަތީގޮތުން ރައްކައުތެރި ގޮތަކަށް ނުވާތީ މެންދުރު ނަމާދަށް ވަޑައިގަންނަވާ ގޮތަށް މިސްކިތުން ފައިބައި ވަޑައިގަންނަވަނީ ޢިޝާ ނަމާދުގެ ފަހުންނެވެ. 

"އެ ސާމްޕަލަކީ އެތައް ދުވަހެއް ކުރިން މަގުމަތިން ރެންޑޮމްކޮށް ނެގި ސާމަޕަލެއް! އިއްޔެ އަދި ނަތީޖާ އެލިބުނީ!" 

ކޮރޯނާއަށް ޕޮޒިޓިވްވިކަން އަންގަން އިއްޔެ ގުޅީވެސް މިސްކިތުގައި އިންނަވަނިކޮށެވެ. އައިސޮލޭޝަނަށް ގެންގޮސްފައިވަނީ މިއަދުއެވެ. މިސްކިތްތަކުގައި މިހާރު ހުރި ދަތިތަކާއި އެކުގައިވެސް އިއްޔެއިން ފެށިގެން މިއަދާއި ހަމައަށް އިމާމް ވަނީ މިސްކިތުގައި މަޑުކުރައްވައިފައެވެ. އަދި މިސްކިތުގައި މަޑުކުރައްވައިގެން އިންނެވި ވަގުތުތަކުގައި އިސްލާމިކް މިނިސްޓްރީން ބައެއް އެހީތެރިކަން ފޯރުކޮށްދިން ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. 

މިކަމާއި ގުޅިގެން އިބްރާހީމީ މިސްކިތުގައި ދެން ބަންގިގޮވޭނީ މިސްކިތް ޑިސްއެިންފެކްތްކުރުމަށްފަހުގައެވެ.  

އިމާމަށާއި ބަލީގައި ތިބި އެންމެންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރަމެވެ. ރާއްޖޭގެ އެންމެހައި ރައްޔިތުންނަށާއި ދުނިޔޭގެ އެންމެންނަށް ބަލިން ރައްކަތެރިކަން މިންވަރުކޮށްދެއްވެވުން އެދި ދުޢާކުރަމެވެ.

މިއަދު އޮންލައިން