މުފްތީ މެންކް ދައްކަވާ ވާހަކަފުޅުތަކާ ﷲ ޤަބޫލު ކުރާކަމަށް ނުވެސް ބެލެވޭ މީހުން ދައްކާ ވާހަކަތަކާ ގުޅުވަން ހެޔޮ ނުވާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
މުފްތީ މެންކް ދައްކަވާ ވާހަކަފުޅުތަކާ ﷲ ޤަބޫލު ކުރާކަމަށް ނުވެސް ބެލެވޭ މީހުން ދައްކާ ވާހަކަތަކާ ގުޅުވަން ހެޔޮ ނުވާނެއެވެ!

އިސްލާމް ދީނަށް އަގުހުރި ޚިދުމަތްތައް ކުރައްވަމުން ގެންދަވާ އިމާމް މުފްތީ މެންކް ވިދާޅުވެފައި ހުންނަ ބަސްފުޅުތައް މާތް ﷲ ޤަބޫލު ކުރާ ކަމަށްވެސް ނުބެލެވޭ މީހުން ދައްކާ ވާހަކަތަކާއި ގުޅުވައި އެފަދަ މީހުންނަކީ މާމޮޅު ވާހަކަދައްކާ މީހުން ކަމަށް ދައްކަން މަސައްކަތް ނުކުރާށެވެ! 

މިސާލަކަށް ރޯދަ އައުމުގެ ކުޑަދުވަސްކޮޅެއް ކުރިން ދެއްވި ދަރުސެއްގައި ރޯދަ އައުމުގެ ކުރިންވެސް ގިން އަދަދެއްގެ މުސްލިމުން މަރުވެދާނެ ކަމަށާއި އެމީހުން ވަޅުލުމަށް ތައްޔާރުވެ ތިބުމަށް މުފްތީ މެންކް ވިދާޅުވެފައި ވެއެވެ. އެބަސްފުޅު އެގޮތަށް ވިދާޅުވީ އިޓަލީ އާއި އެނޫންވެސް ގިނަ ޤައުމުތަކެއްގައި ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ މުސްލިމުން މަރުވަމުންދާތީއެވެ. 

އެ ޤަމުމުތަކުގައި މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންކަން ކުރަނީ އަމިއްލަ ޖަމާޢަތްތަކުންނެވެ. އެ ޖަމާޢަތްތަކަށް ކަންކަން ކުރެވެނީ މާލީ އެހީތެރިކަން ލިބުމުންނެވެ. ވީމާ މުފްތީ މެންކް އެއިރު އިޝާރާތް ކުރެއްވެވީ މިފަދަ ހުރިހާ ޙާލަތަށް މުސްލިމުން ފުރިހަމައަށް ތައްޔާރަށް ތިބުމަށެވެ. އަދި ޖަނާޒާގެ ކަންކަން އިންތިޒާމުކުރާ ޖަމާޢަތްތަކަށް ކުރިއާލައި މާލީ އެހީތެރިކަން ފޯރުކޮށްދީ ގިނަ ބައަކު މަރުވި ނަމަވެސް ވަޅުލެވޭނެ އިންތިޒާމުތައް ކުރިއާލައި ހަމަޖައްސައިގެން ތިބުމަށް ނަޞޭޙަތްތެރިވެވަޑައިގަތުމަށް ކަމަށް ބެލެވެއެވެ. 

މުފްތީ މެންކްއަކީ ކުރައްވާ ކޮންމެ ތަޤްރީރެއް ފެށްޓެވުމުގެ ކުރިން މާތް ﷲ އަށް ޙަމްދުކުރައްވަވައި އަދި ރަސޫލް (ޞޢވ) އަށް ޞަލަވާތް ވިދާޅުވެފައި ތަޤްރީރް ފަށްޓަވާ ބޭފުޅެކެވެ. "ދުނިޔޭގެ އެންމެންނަށް ނުވަތަ ވަކި ޤައުމެއްގެ އެންމެންނަށް ކޮރޯނާ ޖެހޭނެ" ފަދަ މުސްލިމުން ބުނެގެން ނުވާނެ ފަދަ އެއްވެސް ބަސްފުޅެއް ދުވަހަކުވެސް މުފްތީ މެންކް ވިދާޅުވިކަން އެނގިފައެއް ނެތެވެ. ވީމާ މުސްލިމުން ބުނެގެން ނުވާނެ ފަދަ ބަސްތައް ބުނާ މީހުންގެ ވާހަކަތަކާ މުފްތީ މެންކުގެ ވާހަކަތަކާއި ގުޅުވައި ޓެގްކޮށްގެން މިދެންނެވި ފަދަ ބަސްތައް ބުނާ މީހުން ޕްރަމޯޓް ކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން