ކޮރާނާ އާއި ގުޅިގެން މުޅި ދުނިޔެއަށް ފެތުރި ޢާންމުވެފައިވާ އިޤްޠިޞާދީ މައްސަލަތަކުގެ ތެރެއިންން އެތަް ސަތާކެ މިލިއަން މީހުންގެ ވަޒީފާ ވަނީ ގެއްލިގެން ގޮސްފައެވެ. މިއީ ހިތާމަހުރިކަމެކެވެ. ކަންބޮޑުވުމާ ހިތްދަތިކަން އިންތިހާއަށް އޮތް ކަމެކެވެ.
ނަމަވެސް ކަންބޮޑުވެ މާޔޫސް ނުވާށެވެ! ތިބާއަށް އެ ޙާލަތުމެދުވެރިވެއްޖެކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ތިބާ ދިރިއުޅެމުން ގެންދާ ދަތި ޙާލަތުވެސްމެއެވެ.
ޔަޤީންކުރާށެވެ! ތިބާގެ މިސްރާބު ﷲ ތަޢާލާ ބަދަލުކުރައްވަވަނީއެވެ. ތިބާއަށް ދެން ކުރަން ލިބޭ މަސައްކަތަކީ ކުރިން ކުރަމުން އައި މަސައްކަތަށްވުރެ ހުރިހާ ގޮތަކުންވެސް މާފައިދާހުރި މަސައްކަތަކަށް ވުމަށް އުންމީދުކޮށް އެކަމަށް އެދި ދުޢާކުރުން ގިނަކުރާށެވެ!
ކެތްތެރިކަން އިސްކުރާށެވެ! އެއްވެސް މީހަކަށް ދެރަވާނެ ގޮތެއް ﷲ ތަޢާލާ އިރާދަ ނުކުރައްވަވާނެކަން ޔަޤީންކުރުމާއިއެކު ﷲ ތަޢާލާއަށް ވަކީލްކޮށްގެން ހުންނާށެވެ!
- މުފްތީ މެންކް