ކޮރޯނާ ވައިރަސް އިން ރާއްޖެ އަށް ސަލާމަތްވެވޭނެ މުއްދަތެއް ނުވަތަ ދުވަހެއް އަންދާޒާކުރަން އަދި ނުއެނގޭ ކަމަށް ޑރ. ޝީނާ ވިދާޅުވެއްޖެއެވެ.
ޑރ. ޝީނާ ވިދާޅުވީ މިހާރު އަންދާޒާކުރެވޭ ގޮތުން 77000 މީހުންނަށް ބަލި ޖެހިދާނެ ކަމަށާއި އެންމެ ގިނައިން ބަލިޖެހޭ ދުވަހު 1600 މީހުންނަށް ބަލިޖެހިދާނެ ކަމަށެވެ. ހަމަ އެއާއިއެކު ރައްޔިތުންގެ އެއްބާރުލުން ލިބި ސާރޖް މެނޭޖް ކުރެވުނު ނަމަވެސް ރާއްޖެއިން ބަލި އެކުގައި ފިލުވައިލެވޭނެ މުއްދަތެއް އަދި އަންދާޒާ ނުކުރެވޭ ކަމަށެވެ.
"ސާރޖް ފިލައި ބަލި ކޮންޓްރޯލް ކުރެވުމުން ލޮކްޑައުން ޙާލަތުން ނެގިދާނެ. ނަމަވެސް އެއިގެ މާނައަކީ ބަލިން އެކުގައި ސަލާމަތްވެވުމެއް ނޫން. ދިގު މުއްދަތަކަށް ބައްޔަށް ޕޮޒިޓިވްވަމުން ހިނގައިދާނެ. ވީމާ ރައްކައުތެރި ކަމަސް ވަރަށް ގިން ދުވަސްތަކެއް ބަލައި ފިޔަވަޅުތައް އަޅަން ޖެހޭނެ." ޑރ. ޝީނާ ވިދާޅުވިއެވެ.