ދުނިޔެއަކީ ވެސް ދުނިޔޭގެ ކޮންމެ ޙާލަތަކީވެސް ވަގުތީ ކަމެކެވެ! ހިތާމަތަކާ ހިތްދަތިކަންވެސްމެއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ދުނިޔެއަކީ ވެސް ދުނިޔޭގެ ކޮންމެ ޙާލަތަކީވެސް ވަގުތީ ކަމެކެވެ! ހިތާމަތަކާ ހިތްދަތިކަންވެސްމެއެވެ!: މުފްތީ މެންކް

އެތައް ލައްކަ ބައަކު ބަލިވެ ހޮސްޕިޓަލްތަކުގައެވެ. އެތައް ލައްކަ ބައަކު ބަލިވެ ގޭގައެވެ. ދުނިޔެ ގޭބަންދުވެ ކަރަންޓީނުގައެވެ. އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލިގެންދިއައީއެވެ! ދިރިއުޅެން ކުރަމުން އައި މަސައްކަތްތައް ހުއްޓި ލިބެމުން އައި އާމްދަނީ ލިބުން ހުއްޓުނީއެވެ! މުޅި ދުނިޔެ މިވަނީ ހިތާމަތަކާއި ހިތްދަތިކަމުގައެވެ. 

މީސްތަކުންނޭވެ! ދުނިޔެއަކީ ވަގުތީ ތަނެކެވެ. ދުނިޔޭގެ ކޮންމެ ކަމަކީވެސް ވަގުތީ ކަމެކެވެ. ކޮންމެ ޙާލަތަކީވެސް ވަގުތީ ކަމެކެވެ. ވީމާ ހިތާނަ އާއި ހިތްދަތިކަންވެސް ދާއިމަށް ކުރިމަތިވެފައި ނުއޮންނާނެއެވެ. އެއީވެސް ހަމަ ވަގުތީ ކަމެކެވެ. 

މިއަދު ކުރިމަތިވެގެން މިއުޅޭ ހުރިހާ މައްސަލަތަކެއްގެ ޙައްލުވެސް ހޯދެން އޮތީ ހަމަ ކެތްތެރިކަން އިސްކޮށްގެންނެވެ. ރޫޙާނީ ބާރު ވަރުގަދަކޮށްގެންނެވެ! ހުރިހާވެސް ފަރުވާއަކީ ތަޤްވާވެރިކަމެވެ. ﷲ ތައާލާއަށް ވަކީލުކުރުން ހުރިހާ ކަމެއްގެ ކުރިއަށް ނެރުމެވެ. މިވަގުތަށް ބޭނުންވާ ހަކަތަ ލިބޭނީ ހަމައެކަނި އީމާންކަމުންނެވެ! ހަކަތަ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތަޢާލާގެ ރަޙްމަތަށާއި މާދަމާއަށް އުންމީދުކުރުން ދޫކޮށް ނުލާށެވެ!  

- މުފްތީ މެންކް

 

 

މިއަދު އޮންލައިން