ކަމެއް ޙާޞިލު ނުވާއިރަށް އެކަން ޙާޞިލު ނުކުރެވުނީ ކަމަށް ޤަބޫލުކުރުމަކީ މުސްލިމުންގެ ސިފައެއް ނޫން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ކަމެއް ޙާޞިލު ނުވާއިރަށް އެކަން ޙާޞިލު ނުކުރެވުނީ ކަމަށް ޤަބޫލުކުރުމަކީ މުސްލިމުންގެ ސިފައެއް ނޫން!: މުފްތީ މެންކް

"ކުރަން ބޭނުންވާ ކަމެއް ޙާޞިލު ނުވާއިރަށް ތިމާއަށް އެކަން ޙާޞިލު ނުކުރެވުނީ ކަމަށް ޤަބޫލުކުރަން އަވަސްވެނުގަންނާށެވެ! އެއީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ! ވީމާ އެކަމަކީ ޙާޞިލު ނުކުރެވޭނެ ކަމެއް ކަމަށް ވެސް ނުނިންމާށެވެ!  ﷲ ތަޢާލާ މިންވަރު ކުރެއްވެވި ޙާލަތު ޤަބޫލުކޮށް ބަލައިގަންނާށެވެ!  

ތިބާހުރީ ﷲ ތައާލާއަށް ފުރިހަމަ ގޮތުގައި ވަކީލުކޮށްގެން ނަމަ ތިބާއަށް ކުރިމަތި ނުލެވޭނެ އެއްވެސް ކަމެއް ތިބާއަށް ކުރިމައްޗެއް ނުވާނެއެވެ. އަމިއްލަ ނަފްސަށް އިތުބާރުކުރާށެވެ! ﷲ ތައާލާ މިންވަރުކުރައްވަވާ ކޮންމެ ޙާލަތެއް ޝުކުރުވެރިކަމާއިއެކު ބަލައިގަންނާށެވެ!  

އެއިރުން ގިރާ ނުކުރެވޭނެ ހުރަހެއް ކުރިމައްޗެއް ނުވާނެއެވެ! މާޔޫސްވެ ގޮތް ހުސްވެގެން އުޅޭކަށްވެސް ނުޖެހޭނެއެވެ. އެންމެ މުހިންމު ކަމަކީ ތިމާއަށް ދެރަ ގޮތެއް ﷲ ތަޢާލާ މިންވަރު ނުކުރައްވަވާނެކަން ޔަޤީންކޮށްގެން ހުރުމެވެ." 

- މުފްތީ މެންކުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން