ހަމައެކަނި ދުޢާކުރުމަކުން ނުފުދެއެވެ! ކުރާ ދުޢާ ޢިޖާބަކޮށްދެއްވެވުން އެދި ވެސް ދުޢާކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ހަމައެކަނި ދުޢާކުރުމަކުން ނުފުދެއެވެ! ކުރާ ދުޢާ ޢިޖާބަކޮށްދެއްވެވުން އެދި ވެސް ދުޢާކުރާށެވެ!: މުފްތީ މެންކް

ރަމަމާން މަހަކީ ދުޢާ ޢިޖާބަކުރެއްވެވުމުގެ މައްސަރެވެ. ވީމާ ގިނަގިނައިން ދުޢާކުރާށެވެ! ކުރާ ކޮންމެ ދުޢާއެއް ޢިޖާބަ ކުރެއްވެވުން އެދިވެސް ދުޢާކުރާށެވެ! ދުޢާކުރާއިރު ތިމާގެ ހުރި ނިކަމެތިކަން ޤަބޫލުކޮށް އެކަން ބަޔާންކޮށް ދަންނަވައި ދުޢާކުރާށެވެ! 

ތެދުވެރި އިޚްލާޞްތެރި ހިތަކާއިގެން ރަމަޟާން މަހުގެ ދުވަސްތަކާއި ކުރިމަތިލާށެވެ!  

"ޔާ ﷲ! އަޅަމެންނަށް ކުރިމަތިވެފައިވާ ތަކްލީފްތަކާއިއެކުވެސް އަޅަމެންގެ ހިތްތައް ޠޯހިރުކޮށް ދެއްވަވާނދޭވެ! އިނބަ ﷲ ގެ މަގުގައި ސާބިތުވެ ވީހައި ގިނަ އަޅުކަން ކުރުމުގެ ތައުފީޤް މިންވަރުކޮށްދެއްވަވާނދޭވެ! އަދި އަޅަމެން ކުރާ އަޅުކަން ޤަބޫލުފުޅުކޮށް ދެއްވަވާނދޭވެ! ޔާ ﷲ! އަޅަމެންނާއި އިނބަ ﷲ އާއި ކުއްތަންވެވުން އިތުރުކޮށް ދެއްވަވާނދޭވެ! އާމީން. އަޅަމެން ކުރާ ދުޢާ ޢިޖާބަކޮށްދެއްވަވާނދޭވެ! އާމީން!"  

ހިތާމަތަކާއި ހިތްދަތިކަމުން ފުރިގެންވާ މިފަދަ ވަގުތެއްގައި ﷲ ތަޢާލާގެ ރަޙްމަތުން ފުރިގެންވާ ރަމަޟާން މަސް ބައްދަލުކުރީތީ އުފާކުރާށެވެ! އެމަހުން ޙާޞިލުކުރެވެން އޮތް އެންމެ ބޮޑު މިންވަރެއް ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އިޚްލާޞްތެރި އަޅުންނަށް ވަނީ އުފާވެރިކަމުގެ ޚަބަރުކަން ކީރިތި ޤުރްއާނުން އެނގެން އޮތްކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ!  

- މުފްތީ މެންކުނެ ނަބޭޙަތުގެ ބަސްކޮޅެއް

 

މިއަދު އޮންލައިން