ދެރަ ގޮތެއް މިންވަރު ނުކުރައްވަވާނެ ކަމަށް ޔަޤީން ނުކުރާ ނަމަ މިހާލަތުގަ މީހާ ބަލިކަށިވެ ނިކަމެތިވެގެން ހިނގައިދާނެއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ދެރަ ގޮތެއް މިންވަރު ނުކުރައްވަވާނެ ކަމަށް ޔަޤީން ނުކުރާ ނަމަ މިހާލަތުގަ މީހާ ބަލިކަށިވެ ނިކަމެތިވެގެން ހިނގައިދާނެއެވެ!: މުފްތީ މެންކް

ކުރިމަތިވެގެން މިއުޅޭ ކޮރޯނާ ވައިރަސް އާއިހުރެ މާޔޫސްވެ މާޔޫސްކަންމަތީގައި ނުހުންނާށެވެ! ކުރިމަތިވި ހާލަތަށް ހޭނި އަރައިގަންނަން ހިތްވަރާއިއެކު މަސައްކަތްކުރާށެވެ! ނޫންނަމަ އެ މާޔޫސްކަމުގެ ތެރޭގައި މީހާ ހަލާކުވެ ނިކަމެތިވެ ބަލިކަށިވެގެން ހިނގައިދާނެއެވެ. އެކަން އެގޮތައް ވިޔަ ނުދޭށެވެ! އެފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ ތަޙައްމަލުކުރަން ޖެހޭ ތަކްލީފްތައް މާބޮޑުވާނެއެވެ. 

އަބަދުވެސް ޔަޤީންކުރަންވީ ތިމާއަށް އެންމެ މޮޅު ގޮތް ނޫނީ ﷲ ތަޢާލާ މެދުވެރި ނުކުރައްވަވާނެ ކަމެވެ. ދެރަގޮތެއް މެދުވެރި ނުކުރައްވަވާނެ ކަމެވެ. ކުރިމަތި ކުރައްވަވާފައި ވަނީ ތަކްލީފެއް ނަމަ ﷲ ތަޢާލާ އެކަމަކަށް ރުހިވޮޑިގަންނަވާ ވަގުތު ޖެހުމުން އެކަމަކުން ނަޖާކުރައްވަވާނެކަމުގެ ޔަޤީންކަމުގައި ހުންނާށެވެ!

އަދިވެސް މުފްތީ މެންކް ވިދާޅުވެފައިވެއެވެ. 

"ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ޙަޔާތް ބާޖަވެރިކޮށް ތަޤްވާވެރިކަން އިތުރުމަށާއި ހެޔޮ އަމަލުކުރުން ގިނަކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. އެހެން މީހުން އުޅޭ ގޮތްގޮތާއި ކުރާ ކަންކަމަށް ކަންބޮޑުނުވާށެވެ. އެމީހަކު ކުރި ކަމެއްގެ ޒިންމާ އުފުލަން ޖެހޭ އެމީހަކަށެވެ. 

ކޮންމެ މީހަކުވެސް އަމިއްލަ އިންތަކެއް ކަނޑައަޅަންވާނެއެވެ. އަދި ހުންނަންވާނީ އެއިމުގެ ތެރޭގައެވެ. އަދި މީސްތަކުން ކުރާ ހެޔޮ އަމަލުތަކާއި ބުނާ ހެޔޮ ބަސްތައް ބަލައިގަންނަން ވާނެއެވެ. އެކަން ކުރުމުގެ ހުނަރާއި ހިތްވަރާއި ޤާބިލުކަން ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން ޖެހޭނެއެވެ."

- މުފްތީ މެންކް 

މިއަދު އޮންލައިން