މުފްތީ މެންކުގެ ނަޞޭޙަތް: ފިތުނަ އުފައްދާ މީހުންގެ ވަބާގަ ޖެހި ރަމަޟާންމަހުގެ ދަރުމަ ލިބުމަށް ހުރަސް އެޅޭނެ ކަމެއް ނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
މުފްތީ މެންކުގެ ނަޞޭޙަތް: ފިތުނަ އުފައްދާ މީހުންގެ ވަބާގަ ޖެހި ރަމަޟާންމަހުގެ ދަރުމަ ލިބުމަށް ހުރަސް އެޅޭނެ ކަމެއް ނުކުރާށެވެ!

"ބަރަކާތްތެރި ރަމަޟާން މަސް ފެށުނީއެވެ. މީސްތަކުންގެ ތެރޭގައި ތަފާތު ވާހަކަތައް ފަސޭހަކަމާއިއެކު ފަތުރަމުން ގެންދާ މީސްތަކުންނާއިމެދު ސަމާލުވާށެވެ! މީސްތަކުންގެ މެދުގައި ހަމަނުޖެހުމާއި ފިޠުނަ އުފައްދަން ވާހަކަތައް ފަތުރާ މީހުންނާއިމެދު ޚާއްޞަ ސަމާލުކަމެއް ބަހައްޓާށެވެ!

ރަމަޟާން މަހުގެ ރަޙްމަތުން މީހާ މަޙްރޫމްވެގެން ހިނގައިދާނެ އަމަލުތަކާއި ބަސްތަކާއި ދުރުހެލިވާށެވެ! ތިމާއަށް އެކަމަކުން (ރަމްޟާން މަހުގެ ދަރުމަ ޙާޞިލުކުރަން) މަގުފަހިވާނެ އަމަލެއް ނޫނީ ނުކުރާށެވެ! އެފަދަ ބަހެއް ނޫނީ ނުބުނާށެވެ!

މީހުންގެ އަވާގައި ނުޖެހޭށެވެ! މީސްތަކުން ހައްދަން ކުރާ ކަންކަމަށް ނުހެއްލޭށެވެ! ބައިބައިވުންތަކާއި ޚިޔާލުތަފާތުވުންތަކާއި ދުރުހެލިވެގެން ހުންނާށެވެ!" 

މިއީ ރަމަޟާން މަހަށް މަރުޙަބާ ވިދާޅުވުމުގެ ގޮތުން މުފްތީ މެންކް ވިދާޅުވެ ދެއްވާފައިވާ ނަޞޭޙަތުގެ ބަސްކޮޅެކެވެ.

 

މިއަދު އޮންލައިން