ސެކިޔުލާ ފިކުރާ އެތީސްޓުންގެ ފިކުރު އެއްވެސް މިންވަރަކަށް ބަލައިގަތުމަކީ އިސްލާމް ދީނުން ބޭރުވާނެ ކަމެއް!: ޝައިޚް އާދަމް ނިޝާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ސެކިޔުލާ ފިކުރާ އެތީސްޓުންގެ ފިކުރު އެއްވެސް މިންވަރަކަށް ބަލައިގަތުމަކީ އިސްލާމް ދީނުން ބޭރުވާނެ ކަމެއް!: ޝައިޚް އާދަމް ނިޝާން

މުސްލިމުން އިސްލާމް ދީނުން ބޭރުކުރުމަށްޓަކައި މިހާރު އިސްލާމް ދީނުން ބޭރުކުރަން ބޭނުންވާ މީހުން އައިސް "ތިއަބައިމީހުން އިސްލާމް ދީނުން ބޭރުވުމަކަށް" ނުބުނާނެއެވެ. ތަޢާރަފްކުރާނީ ތަފާތު ފިކުރުތަކެވެ. މިޒަމާނުގައި އެގޮތަށް ފަތުރާ އެންމެ ނުރައްކާތެރި ފިކުރަކީ ސެކިޔުލާރ ފިކުރާއި އެތީސްޓުންގެ ފިކުރެވެ. 

އެއިން ފިކުރަކަށް ލެނބެވިއްޖެ ނަމަ އެކުރެވޭ ކަމަކީ ޝަރީކުކުރުމެވެ. ޝަރީކު ކުރެވިއްޖެ ނަމަ އެމީހަކު ކޮށްފައިވާ އެއްވެސް އަޅުކަމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ކިތަންމެ ގިނަ ނަމާދުކޮށް ރޯދަ ހިފައި ޒަކާތްދީ ޙައްޖުވެފައި އޮތް ނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.

އެމީހުން ފަތުރާ ފިކުރުތަކުގެ ތެރޭގައި ދީނީ މިނިވަންކަން އޮންނަން ޖެހޭނެ ކަމުގެ ފިކުރު ހިމެނެއެވެ. ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން ދީނެއް އިޚްތިޔާރުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމުގެ ވާހަކަ އާއި އެއީ ކޮންމެ މީހަކަށްވެސް ލިބެން ޖެހޭނެ އިންސާނީ ޙައްޤެއް ކަމުގެ ވާހަކަ ހިމެނެއެވެ. "ހަނދުމަފުޅުކުރައްވާ! އެމީހުން ބުނާ ގޮތުން އޮންނަން ޖެހޭނީ އިސްލާމް ދީން ނޫން އެހެން ހުރިހާ ދީންތަކުގެ ޙައްޤު. އިސްލާމް ދީނުގެ ވާހަކަ އަންނަ އިރަށް ޓެރަރިޒަމާ ގުޅުވާނެ. އިސްލާމް ދީން ނައްތައިލަން ޖެހޭ ކަމުގެ ވާހަކަ ދައްކާނެ."  

"އަދިވެސް އެމީހުން އެބަ ބުނޭ! އެއްވެސް ދީނަކަށް ނުއުޅުނު ނަމަވެސް ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުނުކުރި ނަމަވެސް ދުނިޔޭގައި ރަނގަޅަށް އުޅެފިނަމަ ސުވަރުގެ ވަންނާނެ ކަމަށްވެސް." 

މިފިކުރުތަކުގެ ބޭނުމަކީ ޙައްޤާއި ބާޠިލު އޮޅުވައިލުމެވެ. ޙައްޤަކީ ބާޠިލުކަމުގައި އަދި ބާޠިލަކީ ޙައްޤު ކަމުގައި ހެދުމެވެ. ޝަހުވާނީ އެދުންތަކާއި ހަވާނަފްސް ގޮވައިލާ މިފަދަ ކަންތައްތައް ރަނގަޅުކޮށް ރީތިކޮށް ޒީނަތްތެރިކޮށް ދެއްކުމެވެ. އިންސާނީ ފިޠުރަތުވެސް އޮޅުވައިލުމެވެ.  

- ޝައިޚް އާދަމް ނިޝާން ގެ ދަރުސަކުން

 

މިއަދު އޮންލައިން