އިމާމުގެ ފަހަތުގައި އެންމެ ގާތަށް ތިބެންޖެހޭނީ އިމާމާއަށް އެހީތެރިވުމުގެ ޤާބިލުކަން ހުރި މީހުން: ޝައިޚް އާދަމް ނިޝާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އިމާމުގެ ފަހަތުގައި އެންމެ ގާތަށް ތިބެންޖެހޭނީ އިމާމާއަށް އެހީތެރިވުމުގެ ޤާބިލުކަން ހުރި މީހުން: ޝައިޚް އާދަމް ނިޝާން

އިމާމުގެ ފަހަތުގައި އެންމެ ގާތަށް ތިބެންޖެހޭނީ އިމާމާއަށް އެހީތެރިވުމުގެ ޤާބިލުކަން ހުރި މީހުންނެވެ. އެމީހުންނަކީ އިމާމާއަށް ކުށެއް ކުރެވިއްޖެނަމަ އެކަން ވަގުތުން އަނގައިދިނުމާއި ނުބައިކޮށް ކިޔެވިއްޖެނަމަ ރަނގަޅުކޮށްދިނުން ފަދަ ކަންކަން ކުރެވޭނެ، ނަމާދުގެ ޙުކުމްތައް ރަނގަޅަށް އެނގޭ މީހުން ކަމުގައިވާންޖެހޭނެއެވެ. 

އިމާމް މީހާގެ ވުޟޫ ގެއްލުން، ހޭނެތިގެން ވެއްޓުން ނުވަތަ އެނޫން ކަމެއް ދިމާވެގެން ނަމާދުން ދުރުވާން ޖެހިއްޖެ ޙާލަތުގައި އިމާމްވެ ނަމާދުކުރިއަށް ގެންދެވޭނެ މީހުން ކަމުގައިވެސް ވާންޖެހޭނެއެވެ. 

ޝައިޚް އާދަމް ނިޝާން 

ޝައިޚް އާދަމް ނިޝާން މިމޭރުމުން ވިދާޅުވެފައިވާއިރު ނަމާދުގައި މައުމޫން ޣާފިލުވެފައި ތިބޭވަރުން އިމާމާއަށް އޮޅުން އަރައި ސަޖިދައެއް ނުކުރެވި ދޫކުރެވުނު ނަމަވެސް އަދި އެނޫން ކުށެއް ކުރެވުނު ނަމަވެސް އިމާމާއަށް އަނގައިދޭންވެސް މައުމޫން ނުކުޅެދުމުގެ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. މިފަދަ މައްސަލަތައް ކުރިމަތިވަނީ މައުމޫން ނަމާދަށް ދޭންޖެހޭ ވަރަށް ސަމާލުކަން ނުދީ ނަމާދަކީ އިމާގެ ފަހަތުން އޮޓޯއިން ކުރާ ކަމަކަށް ހެދޭތީކަން ފާހަގަކުރެވެއެވެ. 

ނަމާދުގައި އެފަދަ ކުށެއް އިމާމް މީހާއަށް ކުރެވިއްޖެ ނަމަ މައުމޫންނަށް އޮތީ ވަގުތުން ﷲއަކްބަރު ކިޔައި އެކަން އިމާމާގެ ސަމާލުކަމަށް ގެނައުމެވެ. އިމާމް މީހާއަކީ އެންމެ މީހެކެވެ. ފަހަތުގައި މައުމޫމްވެ އެތައް ބައަކު ތިބޭއިރު އެއްވެސް މީހަކަށް އެކަން ފާހަގަނުކުރެވިގެން އަންގާނުލެވި ދިއުމަކީ މައްސަލައެކެވެ. އެކަމުން އެނގެނީ ނަމާދަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރަން ޖެހިފައިވާ ކަމެވެ. 

ގުޅުންހުރި ވީޑިއޯ: 

މިއަދު އޮންލައިން