ކޮންމެ ޙަރާމް ކަމެއް ކުރުމަކީ ވެސް ޖަރީމާއެއް! - އެންމެ ބޮޑު ޖަރީމާއަކީ އިސްލާމް ދީނަށް ފުރައްސާރަކުރުން!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ކޮންމެ ޙަރާމް ކަމެއް ކުރުމަކީ ވެސް ޖަރީމާއެއް! - އެންމެ ބޮޑު ޖަރީމާއަކީ އިސްލާމް ދީނަށް ފުރައްސާރަކުރުން!: ޝައިޚް ޢަލީ ޒައިދު

"ﷲ ތައާލާ ޙަރާމް ކުރައްވަވާފައިވާ ކޮންމެ ކަމެއް ކުރުމަކީވެސް ޖަރީމާއެކެވެ. އެހެންކަމާއިއެކުވެސް އެންމެ ބޮޑު ޖަރީމާއަކީ އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރުމެވެ. 

ބަނގުރަލާއި އޫރުމަސް ވިއްކުމަކީވެސް ބޮޑު 2 ޖަރީމާއެވެ. އެކަންކަން ނުކުރުމަށް އަބަދުވެސް މިގެންދަނީ ގޮވާލަމުންނެވެ. އެހެންކަމާއިއެކުވެސް އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރުމަކީ މިފަދަ ޙަރާމް ކަންކަން ކުރުމާއި އަޅައިވެސް ނުކިޔޭނެ މާބޮޑު ޖަރީމާއެކެވެ. 

އެކި ޖަރީމާގައި ނުބައިކަން ހުރީ އެކި ވަރަށެވެ. ނުއެނގުމަށް އޮތް ޙައްލަކީ އުނގެނި ދަސްކުރުމެވެ." 

- ޝައިޚް ޢަލީ ޒައިދު 

އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރުމަކީ މިފަދަ ޙަރާމް ކަންކަން ކުރުމާއި އަޅައިވެސް ނުކިޔޭނެ މާބޮޑު ޖަރީމާއެއް ކަމަށް ޝައިޚް ބަޔާން ކުރައްވާފައި އެވަނީ އެކަންކަމަކީ މީސްތަކުން އިސްލާމް ދީނުން ބޭރުކުރަން ކުރެވޭ މަސައްކަތަކަށްވެފައި އެކަމުގެ ފާފަ ބޮޑުކަމުންކަން ފާހަގަކުރެވެއެވެ.

 

 

މިއަދު އޮންލައިން