އެމްޑީއެންއަށް ކަމުދާ އެންމެ އާޔަތެއްވެސް ޤުރްއާނަކު ނެތް! ޤުރްއާން ދަރިވަރުންނަށް އުނގަންނައިދިނުމާ ވެސް އެމްޑީއެން ދެކޮޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
އެމްޑީއެންއަށް ކަމުދާ އެންމެ އާޔަތެއްވެސް ޤުރްއާނަކު ނެތް! ޤުރްއާން ދަރިވަރުންނަށް އުނގަންނައިދިނުމާ ވެސް އެމްޑީއެން ދެކޮޅު!

އަޅުގަނޑުމެން ކީރިތި ޤުރްއާނުގެ ހުރިހާ އާޔަތްތަކަށް ފުރިހަމައަށް އީމާންވަމުއެވެ. އަޅުގަނޑުމެންނަށް އަމަލު ކުރެވުނު ނަމަވެސް އަދި ނުކުރެވުނު ނަމަވެސް ކީރިތި ޤުރްއާނުގެ އެއްވެސް އާޔަތަކަށް އިންކާރެއް ނުކުރަމުއެވެ. ނަމަވެސް ކީރިތި ޤުރުއާނުގައި ބަނގުރާބޯ މީހާއަށް އޮންނަން ޖެހޭ ޙައްދާއި ވައްކަން ކުރުމުގެ ހައްދާއި ޒިނޭގެ ޙައްދު އޮތުމުން އަދި ވާރުތަ މުދާ ބަހަންޖެހޭ ގޮތް ބަޔާން ކުރައްވާފައި އޮތުމުން އެމީހުން (އެމްޑީއެން އިން ބުނަނީ އެއޮތީ ހަމަހަމަކަން ނަގާލާފައި ކަމަށެވެ. މިއޮތީ އަނިޔާވެރި ވެފައި ކަމަށާއި އަނިޔާވެރި އަމަލުތައް ކުރަން ދަރިވަރުންނަށް ދަސްކޮށްދިފައި ކަމަށެވެ. ދަރިވަރުންނަށް ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވާފައިވާ ގޮތް ސްކޫލްތަކުގައި ދަސްކޮށްދީގެން ނުވާނެ ކަމަށެވެ. 

މީސްތަކުންގެ ވެރި އިލާހް ޙުކުމްފުޅު ބާވައިލެއްވެވުމުން އެ އިލާހަކީ އަނިޔާވެރިއެއްކަމަށް ބުނަން މި ނިކަމެތި އިންސާނާއަށް ލިބިފައިވަނީ ކޮން ޙައްގެއްތޯއެވެ؟ ވަރުބަލިވާ ނިދިޖެހޭ، މަސްތުވެ، ބުއްދި ފިލައިދާ، ހަނދާން ނެތޭ މި ނިކަމެތި، ބަލިކަށި އިންސާނާ، މިކާއިނާތުގެ ހުރިހާ ކަމެއްލަވަވައި އެންމެ މޮޅަށް ބައްލަވައި ވޮޑިގެންވާ، އެއްވެސް އުނިސަފައެއް ލިބިވޮޑިގެން ނުވާ ﷲ ތައާލާއަށް ބަސްބުނަން އޮތީ ކޮން ޙައްޤެއްތޯއެވެ؟

ކަޅު އަނދިރި ރޭރޭ ކަޅު ފަރުބަދަތަކުގެ މަތީގައި ކަޅު ހިނި ހިރޭ ހިރުންވެސް އެންމެ މޮޅަށް ދެކެ ދެނެވޮޑިގެންވާ އިލާހް، މި ނިކަމެތި އިންސާނާ ދުނިޔޭގައި ލައްވަވައި ރިޒްޤާއި އެންމެހައި ނިޢްމަތްތައް ދެއްވެވުމުން އެ ނިޢްމަތްތަކުގެ ބޭނުން ހިފައިގެން ދުނިޔޭގައި އުޅެމުން އެ ނިޢްމަތްތައް ދެއްވެވި އިލާހްގެ ވަޙީއަށް ބަސް ބުނުމުގެ އޮތީ ކޮން ޙައްޤެއްތޯއެވެ؟  ނަމަވެސް މި ޤުރްއާނުގައި އެމީހުންނަށް ކަމުދާ އެންމެ އާޔަތެއްވެސް ހަމަ ނެތީއެވެ. 

ﷲ ތައާލާގެ ނޫރު އެމީހުންގެ އަނގައިން ފުމެ ނިއްވާލަން އެމީހުން ބޭނުންވެއެވެ. ނަމަވެސް އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ކީރިތި ޤުރަނުގައި ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ. އަދި އެމީހުން ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫންކަންވެސް ﷲ ތައާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ. 

ވީމާ ޙައްޤުގެ މަގަށް ރުޖޫޢަވެ ތައުބާވުމަށް ގޮވާލަމެވެ. 

ވިޔަފާރިވެރިންގެ މިސްކިތުގައި މިއަދުގެ ޢަޞްރު ނަމާދަށްފަހު ޝައިޚް އާދަމް ނިޝާން ދެއްވެވި ދަރުސުން

ދަރުސްގެ ވީޑިއޯ:

 

މިއަދު އޮންލައިން