އިސްރާ އާއި މިޢްރާޖްގެ ދަތުރުފުޅު ޤަބޫލު ނުކުރެވޭ މީހަކަށް ނަމާދު ޤަބޫލުކުރެވޭނެ ގޮތެއް ނުއޮންނާނެ!: ޝައިޚް އާދަމް ނިޝާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އިސްރާ އާއި މިޢްރާޖްގެ ދަތުރުފުޅު ޤަބޫލު ނުކުރެވޭ މީހަކަށް ނަމާދު ޤަބޫލުކުރެވޭނެ ގޮތެއް ނުއޮންނާނެ!: ޝައިޚް އާދަމް ނިޝާން

ކީރިތި ޤުރްއާނުގެ އެންމެ ބޮޑު އެއް މުޢްޖިޒާތަކީ އެފޮތް ބަދަލު ނުކުރެވުމެވެ. އެއާއި އެއްފަދަ އެހެން ފޮތެއް ނުގެނެވުމެވެ. އެކަމަށް އެ ފޮތުގައި ﷲ ތަޢާލާ ވަނީ އެންމެހައި މީސްތަކުންނަށް ގޮންޖައްސަވާލައްވައިފައެވެ. ނަތީޖާއަކީ މިހައިތަނަށްވެސް އެކަން ކުރެވިފައި ނެތުމެވެ. މުސްތަޤްބަލުގައިވެސް އެކަން ނުކުރެވޭނެ ކަމެވެ.

މިވާހަކަތައް ދަރިވަރުންނަށް އުނގަންނައިދިނުމުން އެ މީހުން (އެމްޑީއެން) މިބުނަނީ އެއީ "ހޭޓް ސްޕީޗް" ކަމަށެވެ. (އެހެން ބުނާނަމަ ކީރިތި ޤުރްއާން މެނުވީ މިއަދާއި ހަމައަށް އައިއިރު މީސްތަކުންނަށް އެއްވެސް ބަދަލެއް ނުގެނެވި އޮތް ފޮތަކީ ކޮބައި ހެއްޔެވެ؟) 

ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ އެއްވެސް ކަމަކަށް އިންކާރުކޮށްފިނަމަ އެމީހާގެ އިސްލާމްކަން ފުރިހަމައެއް ނުވާނެއެވެ. އިސްރާ އާއި މިޢްރާޖްގެ ހާދިސާ ބަޔާން ކުރައްވަވައި ކީރިތި ޤުރްއާނުގެ ސޫރަތަކަށް ﷲ ތަޢާލާ "އަލްއިސްރާ"ގެ ނަމުން ނަން ދެއްވަވައިފައެވެ. އަދި އެކަމަކީ ހަޤީޤަތެއްކަން ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. 

ﷲ ތައާލާ މިއުންމަތަށް ފަރުޟު ކުރެއްވެވި އެންމެ މުހިންމު އަޅުކަން ފަރުޟު ކުރެއްވެވީ އިސްރާ އާއި މިޢްރާޖްޖެ ދަތުރުފުޅުގައެވެ. އެކަމުންވެސް އިސްރާ އާއި މިޢްރާޖްގެ ދަތުރުފުޅުގެ މަތިވެރިކަން އެނގިގެންދެއެވެ. އިސްރާ އާއި މިޢްރާޖް ގެ ދަތުރުފުޅު ޤަބޫލު ނުކުރެވޭ މީހަކަށް ނަމާދު ޤަބޫލުކުރެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. 

މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް އާދަމް ނިޝާން ދެއްވި ދަރުސުން

 

ދަރުސްގެ ވީޑިއޯ: 

 

މިއަދު އޮންލައިން