ނަބިއްޔާ (ޞޢވ) އަށް ފުރައްސާރަ ކުރީމާ އަސަރު ނުކުރާ މީހުންގެ ނުރައްކާތެރިކަން މާބޮޑު!: ޝައިޚް ޝަފީޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ނަބިއްޔާ (ޞޢވ) އަށް ފުރައްސާރަ ކުރީމާ އަސަރު ނުކުރާ މީހުންގެ ނުރައްކާތެރިކަން މާބޮޑު!: ޝައިޚް ޝަފީޢު

ނަބިއްޔާ (ޞޢވ) އަށް ފުރައްސާރަ ކުރީމާ އަސަރު ނުކުރާ މީހުންގެ ނުރައްކާތެރިކަން. ނަމާދު ނުކޮށްވެސް، ހަކުރު ބޮމުން ދުވަމުންވެސް މާތް ނަބިއްޔާ (ޞޢވ)ގެ ކަރާމަތަށް ބައަކު އަރައިގަންނަ ތަން ފެނުމުން އެކަމަށް ނަފުރަތުކޮށް، އެކަމާ ދެކޮޅަށް ތެދުވާ މީހުންނަށްވުރެ މާބޮޑުކަމަށް ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

"ބޭކާރު ބަހަނާ ނުދައްކާށެވެ. ނަމާދު ނުކޮށްވެސް، ހަކުރު ބޮމުން ދުވިޔަސް، މާތް ނަބިއްޔާ ގެ ކަރާމަތަށް ބައަކު އަރައިގަންނަ ތަން ފެނުނީމައި، އެކަމަށް ނަފުރަތުކޮށް، އެކަމާ ދެކޮޅަށް ތެދުވާ މީހެއްގެ ހިތުގައި އީމާންކަމުގެ ދަންމަރުގެ ހުޅުކޮޅު އަދިވެސް ނުނިވި ހުރިކަމުގެ ޢަލާމާތެކެވެ.

ނަމަވެސް، އަސަރެއް ނުކުރާ، ނަފުރަތު ނުއުފެދޭ މީހެއްނަމަ، އީމާނުގެ ހުޅުކޮޅު އެމީހެއްގެ ހިތުގައި ނިވިފައިވާ ކަމުގެ ޢަލާމާތެކެވެ. ދެވަނަ މީހާ އެވަނީ މާ ނުރައްކާތެރި ފައްތަރެއްގައެވެ." ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން