ޤުރްއާނާ ޙަދީޘްއާ ދެކޮޅަށް ފަތުވާތައް ނެރޭ ޖަމާއަތްތައް ހުއްޓުވަން ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ޤުރްއާނާ ޙަދީޘްއާ ދެކޮޅަށް ފަތުވާތައް ނެރޭ ޖަމާއަތްތައް ހުއްޓުވަން ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފި

ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކާއި ދެކޮޅަށް ފަތުވާތައް ނެރޭ ޖަމާއަތްތަކަށް ފިޔަވަޅު އަޅައި އެފަދަ ޖަމާއަތްތައް ހުއްޓުވަން ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކަށް ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފި އެވެ.  

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ކީރިތި ޤުރްއާނާއި ހަދީޘްފުޅުތަކާއި ދެކޮޅަށް ބަޔާންތައް ނެރުމަކީ އަދި ފަތުވާދީ ހެދުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި މަނާ ކަމެއް ކަމަށެވެ. އަދި މި މައްސަލައަށް އަވަސް ޙައްލެއް ހޯއްދަވައި ދެއްވުމަށް ހޯމް މިނިސްޓާރާއި ފުލުހުންގެ ކިބައިން ޝައިޚް ޢަލީ ޒައިދު ވަނީ އެދިވަޑައިގެންފައެވެ.  

ޝައިޚް ޢަލީ ޒައިދު ވަނީ އެމްޑީއެން އިން ނެރެފައިވާ ފަތުވާއެއްވެސް ޓްވީޓް ކުރައްވައިފައެވެ. އަދި އެ ޖަމިއްޔާ ހުއްޓުވުމަށްވެސް ގޮވާލައްވައިފައެވެ.

 

މިއަދު އޮންލައިން