ޞިއްޙަތަށް ފައިދާހުރި ކާތަކެތި ކެއުމަކީވެސް އިސްލާމް ދީން ބާރުއަޅާ ކަމެއް!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޞިއްޙަތަށް ފައިދާހުރި ކާތަކެތި ކެއުމަކީވެސް އިސްލާމް ދީން ބާރުއަޅާ ކަމެއް!: ޝައިޚް ޢަލީ ޒައިދު

"ޞިއްޙަތަށް ފައިދާހުރި ކާތަކެތި ކެއުމަކީވެސް އިސްލާމް ދީން ބާރުއަޅާ ކަމެކެވެ. ކެއުމުގެ ކުރިން ބިސްމިﷲ ކިޔާށެވެ. އަދި އަލްޙަމްދުލިﷲ ވެސް ކިޔާށެވެ." — ޝައިޚް ޢަލީ ޒައިދު  

ދުނިޔޭގައި އެންމެ ގިނަ ބައެއްގެ މަޤްބޫލުކަން ލިބެމުން އަންނަނީ ޙަލާލް ކާނާއަށެވެ. އެއާއިއެކު އެންމެ ގިނަ ބައެއްގެ ސަމާލުކަން އިތުރުވަމުން އަންނަނީ "ވެޖްޓޭރިއަން" ކާނާއަށެވެ. ވެޖްޓޭރިއަން ކާނާއަކީ ތަރުކާރީ އާއި މޭވާގެ ބާވަތްތަކުން އުފައްދާ ކާނާއެވެ. ވެޖްޓޭރިއަން ކާނާގައި މަހުގެ ބާވަތްތަކެއް ނުހިމެނެއެވެ. އެހެންކަމުން ގެރި ބަކަރި ކުކުޅު ފަދަ ތަކެތި ކަތިލި ގޮތާއިމެދު ވިސްނާކަށް ނުޖެހެއެވެ.  

އުމުރުން 46 އަހަރުގެ ފިރިހެނަކު ބުނެފައިވެއެވެ. "އަހަރެންގެ އުމުރުން މިހިސާބަށް އައިއިރުވެސް ތަރުކާރީ އާއި މޭވާ އާއި ރޯކިރު އަދި ފިނިނުކުރާ ފެން ނޫން އެއްވެސް އެއްޗެއް ބޭނުމެއް ނުކުރަމެވެ. އެހެންކަމުން އަހަރެން ބޭސްގަތުމަށް އަދި މިހައިތަނަށް ޚަރަދުކުރީ އެންމެ 246 ރުޕީސް އެވެ."  

ކޮންމެ އެއްޗެއް ކަމުން ގެންދިއަ ނަމަވެސް ބަލިވެދާނެއެވެ. ބޮޑު ބައްޔެއްވެސް ޖެހިދާނެއެވެ. ނަމަވެސް ޞިއްޙަތަށް ފައިދާ ހުރި ތަކެތި، ކާން ރަސޫލް (ޞޢވ) އަނގަވާފައިވާ މިންގަނޑަށް ކަމުން ގެންދާނަމަ ބަލިވުން މަދުކަން ފާހަގަކުރެއެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ގޮހޮރުގެ ތިންބައިކުޅަ އެއްބައަށް ކެއުމަށާއި ތިންބައިކުޅަ އެއް ބައަށް ފެން ބުއިމަށެވެ. އަނެއް ބައި ނޭވާލުމަށްޓަކައި ހުހަށް ބެހެއްޓުމަށެވެ.

މިއަދު އޮންލައިން