ޝައިޚް ޢަލީ ޒައިދަކީ އަބަދުވެސް ބަނގުރާ ރާއްޖެއަށް އެތެރެކުރުމާ ދެކޮޅު ޝައިޚެއް! އެކަމަށް ތާއީދުކުރައްވާ އެއްވެސް ޝައިޚަކު ރާއްޖެއަކު ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ޝައިޚް ޢަލީ ޒައިދަކީ އަބަދުވެސް ބަނގުރާ ރާއްޖެއަށް އެތެރެކުރުމާ ދެކޮޅު ޝައިޚެއް! އެކަމަށް ތާއީދުކުރައްވާ އެއްވެސް ޝައިޚަކު ރާއްޖެއަކު ނެތް!

ޝައިޚް ޢަލީ ޒައިދަކީ އަބަދުވެސް ބަނގުރަލާ އޫރުމަސް ރާއްޖެއަށް އެތެރެކުރުމާއި ދެކޮޅަށް ބަސްފުޅު ވިދާޅުވަމުން ގެންދަވާ ޝައިޚެކެވެ. އަދި އެކަންކަމަށް އެކަމަށް ތާއީދުކުރައްވާ އެއްވެސް ޝައިޚަކު ރާއްޖެއަކު ނެތެވެ.

ޚަބަރުގައި އެވަނީ 12 ޖުލައި 2018 ގައި ޝައިޚް ޢަލީ ޒައިދު ކުރައްވާފައިވާ ޓްވީޓެކެވެ. މި ތްވީޓާއި ގުޅިގެންވެސް މީޑިއާތަކުން ވަނީ މިޚަބަރުވެސް ހަދައިފައެވެ. އަދި އެއިގެ ފަހުންވެސް ވަނީ އެތައް ފަހަރަކު މިމޭރުމުން ޚަބަރުތައް ގެނެސްދެވިފައެވެ.

އައުރަ ނިވާކުރުމާއި އެނޫންވެސް އިސްލާމް ދީނުގައި ކުރަން ޖެހޭ ކަންކަން ކުރުމަށް ދީނީ ޢިލްމުވެރިން ގެންދަވަނީ އިލްތިމާސް ކުރައްވަމުންނެވެ. އެހެންކަމުން ދީނީ ޢިލްމުވެރިން ބަސްފުޅެއް ވިދާޅުވުމުން މިވެނި ކަމަކަށް ބަސްފުޅު ވިދާޅު ނުވަނީ ކީއްވެގެން ކަމާއިމެދު ސުވާލު އުފައްދަނީ ދީނީ ޢިލްމުވެރިންގެ ބަސްފުޅުތައް މުޠާލިޢާ ނުކުރައްވާ މީހުންކަން އެނގިގެންދެއެވެ.

މިފަދަ ކަންކަން ކުރުމަށް ދިވެހި ބަހުން ކިޔައި އުޅެނީ ދެބޯގެރި ދުއްވުމެވެ. އެއީ ކަންބޮޑުވާކަންކަމުން މީހުންގެ ސަމާލުކަން އެހެން ކަމަކަށް ބަދަލުކުރުވުމެވެ. ކޮންމެ މީހަކު ކުރި ނަމަވެސް އަދި ސަރުކާރުން ކުރި ނަމަވެސް ކަންބޮޑުވާން ޖެހޭ ކަންކަން ފާހަގަކުރުމަކީ ކޮންމެ މުސްލިމަކު ވެސް ކުރަން ޖެހޭނެ ކަމެކެވެ.

މަރުވާ ވަގުތުން ފެށިގެން ސިޔާސީ މުސާރައެއް އަދި އުޖޫރައެއްވެސް ނުލިބޭނެއެވެ. ތިމާއާއި ކުރިމަތިވާނީ ތިމާކޮށްފައިވާ އަމަލުތަކެވެ. މަރުވުމަށްފަހު ޖަވާބުދާރީ ވާން ޖެހޭނީ ސިޔާސީ މީހުންނަކަށް ނޫނެވެ. ﷲ ތަޢާލާއަށެވެ. އެމީހެއްގެ ސަބަބުން އިސްލާމް ދީނަސް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް ހިނގާފައިވާނަމަ އެކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ.

 

މި ޚަބަރުގައިވާ ޓްވީޓުތަކުން ޝައިޚް ޢަލީ ޒައިދަކީވެސް ވަކި ބޭފުޅަކު ބަސްފުޅެއް ވިދާޅުވުމުން ވަކި ދުވަހަކު ބަސްފުޅު ވިދާޅުވާ ޝައިޚެއް ނޫން ކަމާއި އަބަދުވެސް ޙައްޤު ބަސްފުޅު ވިދާޅުވާ ޝައިޚެއްކަން ސާބިތުވާނެއެވެ.

މިއަދު އޮންލައިން